ފޮޓޯ ސްޓޯރީ: ޓްރީޓޮޕް ހޮސްޕިޓަލުގެ ރީތިކަން ބަލައިލަމާ!

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެންނާނެ ހޮސްޕިޓަލަކީ މިހާރު ހުޅުމާލޭގައި އެޅެމުން އެދާ ޓްރީ ޓޮޕް ހޮސްޕިޓަލެވެ. ކާސާ ހޯލްޑިންސް އާއި ޗަމްޕާ ބްރަދާސް އަދި ކުރެއްދޫ ހޯލްޑިންގްސް ގުޅިގެން އުފައްދާފައިވާ "ޓްރީ ޓޮޕް އިންވެސްޓްމަންޓުން" ތަރައްގީކުރާ މި ހޮސްޕިޓަލުގެ އުންމީދީ ގިނަ ވާހަކަތަކަށް ފަހު މިހާރު ވަނީ އެތަނުގެ ބޮޑުބައި ނިންމާލާފަ އެވެ.

މިއ ހުޅުމާލޭގައި 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެޅިފައިވާ މަލްޓި ސްޕެޝެލިޓީ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގެ އިންޓީރިއާ ވަރަށް ވެސް ފައްކާވެފައި ޗާލެވެ. އަދި އިންޓީރިއާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މި ހޮސްޕިޓަލްގައި ބޭނުން ކުރެވޭ ފަހުގެ މެޝިނެރީ ތަކެވެ.
މި ހޮސްޕިޓަލްގެ އިންޓީރިއާގައި ބޮޑަށް ބޭނުން ކުރެވިފައިވަނީ މަޑު ނޫކުލަޔާއި އަޅު ކުލައިގެ އިތުރުން މަޑު ނޫކުލައެވެ. މިއީ ޓްރީ ޓޮޕް އިންވެސްޓްމެންޓްގެ ރަސްމީ ތިން ކުލައެވެ.
ހޮސްޕިޓަލް އިމާރަތް ކޮށްފައިވަނީ ޓުވިން ދެ އިމާރާތެއް ގޮތުގައެވެ. އެގޮތުން އެއް އިމާރާތް މަލްޓި ސެޕެޝަލިޓީ ހޮސްޕިޓަލެއް ގޮތުގައި ބޭނުން ކުރާއިރު އަނެއް އިމާރާތަކީ ހޮސްޕިޓަލުގެ އިދާރީ މަސައްކަތްތަކަށާއި އެކޮމޮޑޭޝަން ބްލޮކަކާއި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ހުންނާނެ އިމާރާތެކެވެ.
މުޅިން މި އިމާރާތް ނުނިމުނު ކަމުަގައި ވިނަމަވެސް ، މި އިމާރަާތް މިހާރުވެސް އެހާމެ ޗާލެވެ. މުޅިން ނިމިގެން ދާއިރު މި އިމާރާތް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް އިމާރަތް ކުރެވުނު އެންމެ ރީތީ އިމާރާތަށް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި ހޮސްޕިޓަލް ހުޅުވޭނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮގަސްޓްމަސް ތެރޭގަ:- ފޮޓޯ ސްޓޮރީ: އަހުމަދު ޝުރާއު | އަވަސް