ފޮޓޯއިން: އެސްޓީއޯގެ ރަމަޒާން ޕްރޮމޯޝަނަށް ކޮންމެހެން ވެސް ދާތި

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިޔަށް ދާއިރު 1000 ރުފިޔާގެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެކަމަށާއި، ކޮންމެ ހަފުތާއަކު ގުރުއަތު ނެގުން އޮންނައިރު ގްރޭންޑް ޕްރައިޒް ލަކީ ޑްރޯއެއް ނަގައި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް އިނާމު ލިބޭނެ އެވެ.

ޕްރޮމޯޝަންގައި އެއްވަނަ އަށްދާ ފަރާތަކަށް ދެ މީހަކަށް ބެންކޮކް ދެކޮޅު ދަތުރަކާއި 50000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ހަމަޖެހިފައި ވެއެވެ. ދެވަނައަށް ދާ ފަރާތަކަށް ޗެންނާއީ ދެކޮޅު ޓިކެޓާއި 30000 ރުފިޔާގެ އަގުހުރި އިނާމެވެ.
ތިންވަނަ އަށް ދާ ފަރާތަކަށް ހުދުރަންފުށިގައި ދެ ދުވަހު ހުރުމުގެ ފުރުސަތާއި އެސްޓީއޯއިން ހުށަހަޅާ އިނާމެވެ. ހަތަރު ވަނައަށް ދާ ފަރާތަކަށް ފިލިޕްސް ޓީވީއަކާއި އެސްޓީއޯއިން ހުށަހަޅާ 10000 ރުފިޔާގެ އަގުހުރި އިނާމެވެ.
ފަސް ވަނައަށް ސަން ފްރޮންޓުން ހުށަހަޅާފައިވާ ގާލެންޑޯ ޓޭބަލްއަކާއި 5000 ރުފިޔާ ގެ އަގުހުރި ނިޕޯން ގެ ގިފްޓް ވައުޗާއެކެވެ. އެހެން ވީމާ އެސްޓީއޯގެ އެކަމިހައި
އެސްޓީއޯ އިން ވަނީ "ހަމަ ހިޓާޗީ" ގެ ނަމުގައި ހަ މަހުގެ މުއްދަތަށް ކުރިޔަށްދާ އޭސީ ޕްރޮމޯޝަނެއް ވެސް މީގެ މަހެއްހާ ކުރިން ފަށާފަ އެވެ. މި ޕްރޮމޯޝަންގައި އެއްވަނައަށް ދާ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. -- ފޮޓޯ: އަހުމަދު ޝުރާއު| އަވަސް