ފޮޓޯ ސްޓޯރީ: ހޫނު ގަދަވެ ފިއްސާލައިފި!

ކޮންމެ އަހަރަކުވެސް ޖަނުއަރީއިން ފެށިގެން މޭމަހާއި ހަމަޔަށް އިރުވައި މޫސުމުގެ ހޫނުކަން ރާއްޖެއަށް ކުރެ އެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު އަހަރަކަށް ވުރެ އަހަރެއް ރާއްޖެއަށް ވެސް ހޫނު ވާ މިންވަރު ގަދަވަމުން އަންނަ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އެގޮތުން މި ދުވަސްވަރަކީ އިރުވައި މޫސުމުގެ އެންމެ ގަދަ ހޫނު އަވިން ދިވެހިން ދާހިއްލުވާލާ ދުވަސްކޮޅެވެ. އެއީ ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ވެސް ލަފާކޮށްފައިވާ ފަދައިން މި ދުވަސްވަރަކީ މި އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ހޫނުވާނެ ދުވަސްވަރެވެ.
ކޮންމެ އަހަރަކުވެސް ޖަނުއަރީއިން ފެށިގެން މޭމަހާއި ހަމަޔަށް އިރުވައި މޫސުމުގެ ހޫނުކަން ރާއްޖެއަށް ކުރެ އެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު އަހަރަކަށް ވުރެ އަހަރެއް ރާއްޖެއަށް ވެސް ހޫނު ވާ މިންވަރު ގަދަވަމުން އަންނަ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އެގޮތުން މި ދުވަސްވަރަކީ އިރުވައި މޫސުމުގެ އެންމެ ގަދަ ހޫނު އަވިން ދިވެހިން ދާހިއްލުވާލާ ދުވަސްކޮޅެވެ. އެއީ ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ވެސް ލަފާކޮށްފައިވާ ފަދައިން މި ދުވަސްވަރަކީ މި އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ހޫނުވާނެ ދުވަސްވަރެވެ.
އިރުވައި މޫސުމުގެ މި ގަދަ ހޫނުގެ އަވިގަނޑު ރާއްޖެ މައްޗައް ދިއްލާފައިވާއިރު އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލެ ސިޓީގެ ހަލަބޮލި ކަމުގެ ތެރެއިން އެކަމުގެ ތަކުލީފުތައް ވަރަށް ސާފުކޮށް ފެންނަން މިހާރު ވަނީ ފަށައިފަ އެވެ. ހަމައެކަނި މަގުމައްޗައް ދިއްލާފައި އޮންނަ އަވީގެ އިތުރުން ވަޒީފާއަށް ނިކުންނަ މީހުންނާއި ސްކޫލުތަކަށް ދާ ދަރިވަރުންގެ މޫނުމަތިން ވެސް ފެންނަނީ ވަރުބަލި ކަމާއި ހޫނުވެފައި ހުރި ވަރެވެ. އެގޮތުން ވަޒީފާތަކަށް ދާ ގިނަ މީހުން ޖޫގޯ ޕޮއިންޓުތަކަށާއި ރެސްޓޯރަންޓުތައް ކައިރިޔަށް ފިނި ބުއިމެއް ބޯލަން ދެ އެވެ. އަދި އެފަދަ ހާލަތެއް ނެތް މީހެއް ނަމަ އުޅެނީ ފިނި ފެންފުޅިއެއް ހިފައިގެންނެވެ. މޫނުމައްޗައް ދިއްލާ ގަދަ ހޫނުގެ އަސަރު ކުޑަ ކުރުމަށް ކަރު ތެންމާލުމަށެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ފިނި މައިޒާންތަކާއި ކުދިކުދި ޕާކުތަކުގެ ބޭނުންވެސް މިދުވަސްކޮޅު ވަރަށް ފުރިޔަމަޔަށް ހިފާ މަންޒަރު ވެސް ފެނެ އެވެ. ހޫނުގެ ސަބަބުން ގޭ ތެރޭގައި ނުތިބެވޭ މީހުންވެސް އައިސް ރަސްފަންނުގެ އުނދޯލީގެ ހިޔަލުގެ ދަށުގައި އަރާމު ކުރުމަށް އޮށޯވެލައިގެން ތިބެ އެވެ. އަނެއްބައި މީހުން ވަރުބަލި ފިލުވާލުމަށް ޖޯލިތަކުގައި ގްރޫޕު ހަދައިގެން ވާހަކާގައި ޖެހިފައި ތިބި އިރު އެ މައިޒާނުތަކުގެ ހިޔާތަންތަން ވަނީ ފުރާލާފަ އެވެ.

"ވަރަސް ހޫނު ގަދަ. މި ވަގުތު އައިސް އިޝީންދެލައިގެން މި ހުރީވެސް ވަރުބަލި ފިލުވާލާ ހަމަޖެހިލައިގެން ދާން. ގެޔަށް ވަދުނަސް ހޫނު ދުއްވާލަން ދިޔަޔަސް ހޫނު. އެހެންވެ މިތަނުގެ ޖޯއްޔެއްގައި އޮށޯތުން ނޫން ގޮތެއް ނެތް،" ރަސްފަންނުގެ ޖޯއްޔެއްގައި އިޝީންދެލައިގެން ހުރި އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.
ލޮލުގައި "އަޅައިގަންނަ" އަނެއް ކަމަކީ ފަތުރުވެރިންގެ އަމަލުތަކެވެ. އެ ރާއްޖެއަށް އައިސް އުޅޭ އިރު ހޫނުން ސަލާމަތްވާން ހަމައެކަނި ތޮއްޕެއް ނޫނީ އައިނަކުން ފުއްދާލައިގެން ތިބޭ ބައެކެވެ. ނަމަވެސް މި ދުވަސްވަރު އެމީހުން ެވސް ތިބޭ ގޮތް ވަރަށް ތަފާތެވެ. އެއްބަޔަކު ބޮލުގައި ތޮފި އަޅައި މޫނު ވެސް ފޮރުވުމަށް ފޮތިގަނޑެއް އައްސައިގެން ތިބޭ އިރު އަނެއްބައި މީހުން ތިބެނީ ކުޑަ ނަގައިގެނެވެ. އަދި ކުޑަ އިރުކޮޅަކަށް މަޑުކޮށްލަން ޖެހުނަސް ކޮންމެ މީހަކުވެސް ދުވެފަ މަގުގެ ހިޔާ ފަޅިއަށް އަރާތަން ފެނެ އެވެ. އަދި އެމީހުންވެސް ތަފާތު ކުލަ ކުލައިގެ ފިނި ބުއިންތައް ހިފައިން އުޅެ އެވެ. އަދި އަނެއްބައި މީހުން މޫނަށާއި ބޮލަށް ފެން އަޅައެވެ. ހޫނުން ސަލާމަތް ވުމަށެވެ.
ހޫނުން ސަލާމަތްވުމުގެ މުހިންމުކަން ބައެއް މީހުނަށް އޮޅިފައި އޮތަސް އޭގެ ސަބަބުން ވެސް ހީނުކުރާ ފަދަ ގެއްލުންތައް އިންސާނުންނަށް ކުރެ އެވެ. އެގޮތުން ޑީހައިޑްރޭޓްވުމާއި ތަފާތު ހަމުގެ ބަލިތަކާއި އަލްޓްރާ ވައިލެޓް ރޭޒްގެ އަސަރުން ހަމަށް ކުރާ އަސަރުތަކާއި ބައެއް ހާލަތްތަކުގައި ލޮލަށް ވެސް އަސަރު ކުރެ އެވެ. އެހެންވެ އެ ކަންކަމަށް ސަމާލުވެ ރައްކާތެރިވުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ ކިބައިން އެކަން ކުރުމަށް މަސައްކަތް ކުރާ ވަރަށް ވެސް ދިވެހިންގެ ކިބައިން ނުފެނެ އެވެ. ކުޑައެއް ހިފާލައިގެން ވެސް ނިކުމެ އުޅެނީ މަދުފަހަރެއްގަ އެވެ.
ކޮންމެއަކަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފިނި ހޫނު މިނަށް ބަލައިއިރު މި އަހަރު އެންމެ މައްޗައް އަރާފައި ވަނީ 33 ޑިގްރީ ސެލްސިއަސްއަށެވެ. ނަމަވެސް 34 އަށް ވެސް އަރާފާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ހޫނުވީ ވަރަށް، 35 ޑިގްރީ ސެލްސިއަސް އަށް ފިނި ހޫނުމެން އެރުމަށް ލަފާ ނުކުރެވޭ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ. އަދި އަންނަ މަހު މެދެއްހާތާނގައި މި ހޫނު ގަދަ ދުވަސްވަރަށް ނިމުމެއް އައިސް ހުޅަނގު މޫސުން ފެށޭނެ ކަމަށް ވެސް އެ ސެންޓަރުން ލަފާކޮށްފައިވެ އެވެ.