ޑަބްލިއުޓީއެމް ކަނެކްޓް އޭޝިޔާ

މެލޭޝިއާގައި މިހާރު ކުރިޔަށް ދާ ވޯލްޑް ޓްރެވަލް މާކެޓް ކަނެކްޓް (ޑަބްލިއުޓީއެމް- ކަނެކްޓް) އޭޝިޔާ ގައި ބައިވެރި ބައެއް ކުންފުނިތައް ފޮޓޯއަކަށް ހުއްޓިގެން: މި އަހަރުގެ ޑަބްލިއުޓީއެމް ކަނެކްޓުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އެވެ.

މެލޭޝިއާގެ ޕެނަންގްގައި ޑަބްލިއުޓީއެމް ކަނެކްޓަކީ އޭޝިޔާ ސަރަހައްދަށް ހާއްސަކޮށް ބާއްވާ ބައެކެވެ.
މި އިވެންޓުގެ މައިގަނޑު މަގުސަދަކީ ދައުވަތު ދީގެން ގޮސް ގުޅުން ބަދަހި ކުރުމެވެ.
ޑަބްލިއުޓީއެމް ކަނެކްޓްގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި، ބައެއް މުހިންމު ތަންތަން ބަލައިލަން ދިއުން ފަދަ "ފަން" އެކްޓިވިޓީސްތައް ހިމެނެ އެވެ.
މި އިވެންޓުގައި ބައިވެރިވާ ކުންފުނިތަކަށް ގިނަ ބަޔަކާ ބައްދަލުވުމުގެ ފުރުސަތު ލިބެ އެވެ. ޑަބްލިއުޓީއެމް ކަނެކްޓުގައި 2،000 މީޓިން ރާވާނެ އެވެ.
ޑަބްލިއުޓީއެމް ކަނެކްޓްގައި ބައިވެރިވާ ކުންފުނިތަކަށް ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ގިނަ މައުލޫމާތު ތަކެއް ލިބިގެންދެ އެވެ. ޓޫރިޒަމަށް ދާއިރާއަށް އަންނަން އެންމެ ފަހުގެ ކުރިއެރުންތައް އެނގިގެންދާނެ އެވެ.
މަޓާޓޯ އިން ދަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ހަތަރު ފެއާއެއްގައި ބައިވެރިވެފައިވެ އެވެ.