ފޮޓޯ ސްޓޯރީ: ލީލީމަގު ވަރަށް ޗާލު!

ހުރިހާ ދިމާލަކުން މިހާރު ފެންނަނީ އޮރެންޖު ކުލަ އެވެ. މުޅި މާލޭގެ އެކި ކަންކަން ކަތިން ވެސް އޮރެންޖު ވެއްޖެ އެވެ. އެގޮތުން ލީލީ މަގު ވެސް މިވަނީ އޮރެންޖްކޮށްލާފަ އެވެ. މަގަށް ޗާލުކަން ގެނައީ އެ މަގުގައި އެލުވާފައިވާ ކުޑަތަކުންނެވެ. އެކަމަކު މިއީ ކޮން ބަޔަކު ކީއްކުރަން އެލުވި ކުޑަތަކެއްބާވަ އެވެ؟
ހުރިހާ ދިމާލަކުން މިހާރު ފެންނަނީ އޮރެންޖު ކުލަ އެވެ. މުޅި މާލޭގެ އެކި ކަންކަން ކަތިން ވެސް އޮރެންޖު ވެއްޖެ އެވެ. އެގޮތުން ލީލީ މަގު ވެސް މިވަނީ އޮރެންޖްކޮށްލާފަ އެވެ. މަގަށް ޗާލުކަން ގެނައީ އެ މަގުގައި އެލުވާފައިވާ ކުޑަތަކުންނެވެ. އެކަމަކު މިއީ ކޮން ބަޔަކު ކީއްކުރަން އެލުވި ކުޑަތަކެއްބާވަ އެވެ؟
މިއީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން މިހާރު ކުރިއަށް ގެންދާ "ހާއްސަ ހަރަކާތު" ގެ ކުލަވަރުގެ ކުޑަތަކެވެ. އެކަމަކު އޮރެންޖް ކުލައާ ދިރާގާ އޮތް ގުޅުމަކާމެދު ވެސް ސުވާލު އުފެދެ އެވެ.
އޮރެންޖް ކުލައާއެކު ދިރާގުން "ވަޓްސް ނެކްސްޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތަކީ އެ ކުންފުނީގެ މާކެޓިން ހަރަކާތަކެވެ. އެ ހަރަކާތުގައި ރަޖިސްޓްރީ ކުރުމުގެ ގިނަ އިނާމުތަކެއް ލިބޭނެ އެވެ. ފޯނު ނަމްބަރު ޖަހާފައި ރަޖިސްޓްރީ ކުރުމަށްފަހު، ހޭޝްޓެކް "ވަޓްސް ނެކްސްޓް ޑޮޓް އެމްވީ" ޝެއާ ކުރުމުން އިނާމުތަކެއް ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ. މި ހަރަކާތުގައި ލިބޭ އިނާމުތަކުގެ ތެރޭގައި "އައިފޯނު ސެވަން" އަކާއި "އައިޕެޑް ޕްރޯ" އެއްގެ އިތުރުން "ސެމްސަންގް ގެލެކްސީ އެސްއަށެއް" ގެ ފޯނެއްވެސް ހިމެނެ އެވެ.
ލީލީ މަގުގައި އޮރެންޖް ކުޑަތައް އެލުވާފައި ހުރުމުން އެކަންވީ ގިނަ ބަޔަކު ޝައުގުވެރިވި ކަމަކަށެވެ. އެ ކުޑަތަކުގެ ފޮޓޯތައް އެކި ގޮތްގޮތަށް ނެގުމަށްފަހު ދަނީ އިންސްޓަގްރާމްގައި ޕޯސްޓް ކުރަމުންނެވެ. ސްކޫލް ނިންމާފައިދާ ކުޑަ ކުދިން ވެސް އެތަނުގައި ހުއްޓިލައި ކުޑަތައް ބަލަން ތިބެވެ.
މިގޮތަށް ކުޑަ އެލުވުމަކީ ބައެއް ގައުމުތަކުގައި ކޮށްއުޅޭ ކަމެކެވެ. އެގޮތުން ޕޯޗުގަލް، ދުބާއީ ފަދަ ތަންތަނާ މިފަދަ މަންޒަރު ވަރަށް ގިނައިން ފެނެ އެވެ. މިކަން އަލަށް ރާއްޖޭގައި ކުރުމުން މިވީ ދިވެހިންނަށް ތަފާތު މަންޒަރަކަށެވެ.
ތަފާތު ކޮންސެޕްޓް ތަކަށް އާ ހިޔާލުތަކާއެކު މާކެޓިން ކެމްޕޭންތައް އަބަދުވެސް ކުރިއަށް ގެންދާ ދިރާގުގެ މިފަހަރުގެ ކެމްޕޭންވެސް ވަރަށް ތަފާތެވެ. މި ކެމްޕޭންގެ "ހަގީގީ މަންޒަރު" ފެންނާނީ އަދި ފަހުންނެވެ. އެހެންވެ އަދި ބުނެވެން އޮތީ "ދެން ކޮން ކަމެއް؟" މިހެންނެވެ.