މުލަރޯދައާ އެކު މާރުކޭޓް ތޮއް ޖެހިފައި

ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް މުޅި މާރުކޭޓް އަބަދުވެސް އޮންނަނީ އެކި ބާވަތްތަކުން ފުރާލާފަ އެވެ. އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަ މަހަށް ވެސް މުޅި މާރުކޭޓް އޮތީ ފައްކާވެފަ އެވެ. ރާއްޖެ ތެރޭގެ އެކި ރަށް ރަށުގެ އެކި ބާވަތްތަކުން މުޅި މާރުކޭޓް ވަނީ ފުރާލާފަ އެވެ. ހަމަ އެއާއެކު އެ ތަކެތި ގަންނަން އެތައް ބަޔަކުން ވަނީ އެތަން ފުރާލާފަ އެވެ.

ރޯދަމަހަށް މާރުކޭޓް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އެތަނަށް ވަދެލުމުން ހީވަނީ މާލޭގައި ކޮންމެ އަހަރަކު ވެސް އޮންނަ އުނގުޅޭ ބާޒާރު ހެންނެވެ. އެހާވެސް ބާރު ބޮޑެވެ. ފިތި ބާރުވެގެން ނޫނީ ހިނގާވެސް ނުލެވެ އެވެ. ރޯދަ ވީއްލަން ބޭނުންވާ އެއްޗެހި ގަނެގެން އަވަހަށް ގެއަށްދާން ހިތުލިޔަސް މިއަދު އެކަން ވާކަށް ނެތެވެ. އެހާވެސް ބާރުބޮޑެވެ.
ކޮންމެ ގޮޅިއެއްގެ ދޮށުގައި އެތަކެއް ބަޔަކު އެބަތިއްބެވެ. ރޯދަ ވީއްލަން ތައްޔާރު ކުރާނެ ސާމާނު ގަންނަން އެއް ގޮޅިން އަނެއް ގޮޅިއަށް އަގުތަށް ބަލަމުން ދާ އެތައް ބަޔަކު އެބަ ދެއެވެ. ފިތިބާރު ވެގެންވެސް ބޭނުންވާ އެއްޗެހި ގަނެގެން އޮތް އެންމެ ހެޔޮ އަގުގައި ގަންނެގެން ނޫނީ ނުދާން ތިބި މީހުނުން ވަނީ އެތަން ފުރާލާފަ އެވެ.
މިއަދު މާރުކޭޓަށް ވަދެލުމުން ހަމަ ޔަގީނުންވެސް ރޯދަ މަހުގެ އިހުސާސް އަންނާނެކަން ޔަގީނެވެ. ފަހު ވަގުތު އެއްޗެހި ގަންނަން އައިސް އޮތް މީހުން ވަނީ އެތަނުގައި ތޮށް ޖެހިފަ އެވެ. އެހެން ފަހަރު ތަކެކޭވެސް އެއްފަދައިން މިފަހަރު ވެސް މާރުކޭޓް މިވަނީ ބާރުބޮޑު ފަހަރަކަށެވެ.
ފޮޓޯ ސްޓޯރީ: އަހުމަދު ޝުރާއު.