ފޮޓޯ ސްޓޯރީ: ރޯދަމަހުގެ ކަރާ ފުނި

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގައި އެންމެ ގަދައަށް ވާހަކަދެކެވޭ މޭވާއަކަށް ވެގެން ގޮސްފައިމިވަނި ކަރައެވެ. ރޯދަމާހައި އެކު މާލާގެ މާރުކޭޭޓުތަށް ފުނިޖައްސާލަނި ކަރާތެކެވެ. މި އަހަރުވެސް ހަމަ އެހެންނެވެ. މާލޭގެ ލޯކަލް މާރުކޭޓުގައި ކަރާވަނީ ވަރަށް ތިޔާގިވެފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަހުގައި އެންމެ ގަދައަށް ވާހަކަދެކެވޭ މޭވާއަކަށް ވެގެން ގޮސްފައިމިވަނި ކަރައެވެ. ރޯދަމާހައި އެކު މާލާގެ މާރުކޭޭޓުތަށް ފުނިޖައްސާލަނި ކަރާތެކެވެ. މި އަހަރުވެސް ހަމަ އެހެންނެވެ. މާލޭގެ ލޯކަލް މާރުކޭޓުގައި ކަރާވަނީ ވަރަށް ތިޔާގިވެފައެވެ.
ދަނޑުވެރިކަމުގެ އުފެއްދުންތައް ގެންނަ ބާޒާރަށް "ކަރާ މާރުކޭޓު" ކިޔާ އެއްސަބަބަކަށް ކަރަލުގެ މަގްބޫލުކަން ކޮންމެއަކަސް ވާނެއެވެ. މިހެންވެ އެންމެ ކުރިއްސުރެން ފެށިގެން ވެސް ރޯދަ މަހު ބޮޑެތި ކަރާ ފުނިތައް މާރުކޭޓުގައި ޖަހަ އެވެ. މިހާރު އެ ފުނިތައް ކޮންމެވެސް ވަަރަކަށް ކުދިކޮށް ފެނުނުނަމަވެސް މިހާރުވެސް ހަމައެކަން ހިނގަ އެވެ. ސަބަބަކީ މީގެ ޑިމާންޑް ރޯދަ މަހު އިންތިހާ އަށް މަތިވުމެވެ.
ބާޒާރަށް ގޮސް ރަނގަޅު ކަރަލެއް ނުވަތަ ދޮންވެފައި އޮތް ކަރަލެއް ގަނެގެން ގެއަށް ދާން ބޭނުން ނަމަ އެންމެ ބަރު ކަރާ އަތަށް އަރަން ދެން ފަހަރަކު ކަރަލެއް އުރަމުން ގެންދާށެވެ. ދޮންވެ ފައްކާވެފައި އޮންނަ ކަރާގެ ހާއްސަ އަނެއް ސިފައަކީ އޭގެ ބަނޑުދަށުގައި ނަގާފައި ހުންނަ ރީނދޫ ކުލައިގެ ތިކިތަކެވެ. ނުވަތަ ލައްގަނޑުތަކެވެ.
ކަރާ ބަރުވާ މައިގަނޑު ސަބަބަކީ މީގެ ފެން ގިނަވުމެވެ. ކަރަލުގެ 90 ޕަސެންޓަކީ ފެނެވެ. ކަރާ ފޮއްޗެއްގެ 17 ޕަސެންޓުގައި ހިމެނެނީ ވިޓަމިން އޭ އެވެ. އަދި 21 ޕަސެންޓްގެ ވިޓަމިން ސީ އާއި ދެ ޕަސެންޓްގެ އަޔަން އަދި އެއް ޕަސެންޓްގެ ކެލްސިއަމް ހިމެނެ އެވެ.
ކަރާ ފަންޏަކީ ރާއްޖޭގެ ގިނަ ގޭބެސިތަކުގައި ރޯދަ ވީއްލާ ގަޑިއަށް ސުފުރާ މައްޗަށް އަރުވާ އެއް ބާވަތެވެ. މިދުވަސްވަރު ކަރާގެ އަގު މާރުކޭޭޓުގައި އުޅެނީ އާދައިގެ ވަރެއްގައެވެ. މާރުކޭޓުގެ ބަޔެއްގޮޅި ތަކުގައި ތިބޭ ފަރާތްތަށް ބުނާގޮތުގައި އެންމެ ގިނައިން ވިކެނީ ކަރައެވެ. އަދި ރޯދަމަހު ކަރާގެ ވިޔަފާރި ވަރަށް ވެސް ރަނގަޅު ކަމަށެވެ.
ފޮޓޯ ސްޓޯރީ: އަހުމަދު ޝުރާއު