ފޮޓޯ ސްޓޯރީ: މަސް މާރުކޭޓަށް ކަޅިއެއް

ރޯދަ މަސް ފެށުމާއެކު އެންމެ ބާރު ބޮޑުވާ އެއް ތަނަކީ މާލޭގެ މާސް މާރުކޭޓެވެ. މަހާ ނުލައި ގިނަ ކާތަކެތި ތައްޔާރު ނުކުރެވޭއިރު، ރޯދަ ވީއްލަން ތައްޔާރުކުރާ ގިނަ ބާވަތްތަކަށް ކޮންމެހެން ވެސް މަސް ބޭނުންވެ އެވެ. މަސް މާރުކާޓަށް މީހުން ޖަމާވެ އެތަން މި މަހު އެހާ ބޮޑަށް ތޮއްޖެހިގެން ދަނީ މިހެންވެ އެވެ.

މަސް މާރުކޭޓުގައި ހުރިހާ ވައްތަރެއްގެ ކަނޑުމަހާއި ފަރުމަސް ވެސް ލިބެން އަބަހުއްޓެވެ. އެގޮތުން ކަންނެލި، ރަތް މަހާއި މުށިމަހާއި ގިއުޅާއި ކަޅުބިލަ މަހާއި އެމުގެ ބާވަތްތަކާއި އެނޫން ވެސް މަހުގެ ބާވަތްތައް ހުރެ އެވެ. މަދުން ނަމަވެސް ބޯވަ އާއި ބޯވާދިލަ މަސް ވެސް ހުރެ އެވެ.
ރޯދަ މަހާއެކު މަހުގެ އަގަށް ބަދަލުތައް އައި ނަމަވެސް މިފަހަރު އަދި މާބޮޑު ތަފާތެއް ނާދެ އެވެ. އެހެން މަސްތަކުގައި ވެސް އުޅޭ އާދައިގެ އަގެއްގައި މަސް މާރުކޭޓުގައި މަސް ލިބެން އެބަހުއްޓެވެ. އެހެން ނަމަވެސް ބައެއް ދުވަސް ދުވަހު މަހުގެ އަގުތައް އުފުލިގެން ދެއެވެ.
މަސްމާރުކޭޓުގައި މަސްވިއްކާ ބައެއް މަސްވެރިން ބުނާ ގޮތުގައި އެމީހުންގެ ވިޔަފާރި ރޯދަ މަހު ދަނީ ފުދޭވަރަކަށް ރަނގަޅަށެވެ. އަދި އެމީހުންނަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމެކެވެ.
މަސް މާރުކޭޓުގައި މަސް އުޅެނީ ތިއާގި ކޮށެވެ. އަދި ވިޔަފާރި ކުރަން މަސް މާރުކޭޓަށް ދާ މީހުންގެ އަދަދު ރޯދަ މަހު ވަނީ ގިނަވެފަ އެވެ. އެންމެ ގިނައިން ވިކޭ ބާވަތަކީ ކަންނެއްޔާއި ރެއްސާއި ރަތްމަހެވެ.
ފޮޓޯ ސްޓޯރީ: އަހުމަދު ޝުރާއު