ފޮޓޯ ސްޓޯރީ: އުޑުމަތީގައި މަޑިތައް!

ރަމަޟާން މަހާއެކު ވަރަށް ގިނަ ރަށްރަށުގެ އުޑުމަތި ޒީނަތްކޮށްލަނީ މަޑިންނެވެ. މިއީ މާލޭގައި ވެސް ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ފޯރި އޮންނަ ކަމެކެވެ. ރޯދަކުރުކޮށްލުމަށް މިކަން ވެގެންދަނީ ވަރަށްވެސް މަޖާ ކަމަކަށެވެ. އެހެން އަހަރުތެކެކޭ ވެެސް އެއްގޮތަށް މިއަހަރުވެސް މަޑިއެރުވުމުގެ ފޯރި މާލޭގައި އެބައޮތެވެ.

މާލާގެ ހުސްބިންތަކުގައި މަޑިއެރުވަމަށް ގިނަ ބަޔަކު ޖަމާވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހަވީރު ވަގުތުތަކުގައި ހުސްބިންތަކަށް ގޮސް މަޑިއަރުވާ ހަދަ އެވެ.
މާލާގައި މިހާރު އެންމެ ގިނައިން މަޑި އަރުވާ ސަރަހައްދުތަކަކީ އުސްފަސްގަނޑުގެ ސަރަހައްދާއި މާފަންނުގައި އޮންނަ ރަސްފަންނެވެ. މަދުމަދުން ނަމަވެސް ހެންވޭރު އާޓިފިޝަލް ބީޗްގައިވެސް މަޑިއަރުވަން މީހުން އެއްވެ އުޅެއެވެ.
ރަމަޟާން މަހުގެ ހަވީރު ގަޑިގައި އުސްފަސްގަނޑު ސަރަހައްދު ވެގެންދަނީ މަޑީގެ ސަހަރަކަށެވެ. މިސަރައްދު އޮންނަނީ މަޑިން ފުރުވާލާފަ އެވެ. ކުރިއާ ހިލާފަށް މިހާރު ރާއްޖޭގައި އުފައްދާ މަޑިއަށްވުރެ ގިނަ މީހުން ބޭނުން ކުރަނީ ބޭރުން ގެނެސްފައި ހުންނަ ރެޑީމޭޑް މަޑިއެވެ.
މަޑިއަރުވުމަށް ހުރިހާ އުމުރެއްގެ ފަރާތަތަށްވެސް އުލެއެވެ. ހަމައެއާއެެކު ތަފާތު އަދި ޒަމާނީ މަޑިތަށް ދަނީ ބޭނުން ކުރަމުންނެވެ. މަޑި އެރުވުމުގެ ފޯރި ރޯދަ މަހު އޮތް ނަމަވެސް ކުރިން އޮންނަ ގޮތަށް ފުޅިތޮށި ޖަހައިގެން މަޑި އެރުވުމުގެ ފޯރިގަނޑެއް މިހާރަކު ނޯވެއެވެ. އެފަދަ ސަގާފަތްތައް މިހާރު ވަނީ ނެތިގެން ގޮސްފަ އެވެ.
ފޮޓޯ ސްޓޯރީ: އަހުމަދު ޝުރާއު | އަވަސް