ރަމަޟާންމަހާއި އަޅުކަން

މިއީ ބަރަކާތްތެރި ރަމަޟާން މަހެވެ. މާތްކަމާއި މަތިވެރިކަމުގެ މަހެވެ. ޘަވާބާއި ދަރުމައިގެ މޫސުމެކެވެ. ނަރަކައިން ދިންނެވުމުގެ މަހެވެ. އެއްހާސް މަސްދުވަހު އަޅުކަން ކުރުމަށްވަރެ އެއްމެ ރެއެއްގައި އަޅުކަންކުރުން ހެޔޮކަން ބޮޑުވެގެންވާ ރެއެއް ހިމެނިގެންވާ މަހެވެ.