ހަނދު ސާބިތުކުރުން

އީދު ދުވަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު، ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން އިއްވި ގަރާރުގައި ބުނެފައި ވަނީ، މިރޭ އިރުއޮއްސުމަށް ފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ސާބިތުވެފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ކަމުގެ ރަސްމީ ހަބަރު ލިބިފައިވާ ކަމަށެވެ. މިރޭ ހަނދު ސާބިތުވެ، މާދަމާ އީދުކަން އިއުލާން ކުރުމާއެކު ސިފައިންގެ ފަޔަރިން ސްކޮޑުން ވަނީ އިއްޒުއްދީން ފާލަން ކައިރިން އީދު ބަޑި ޖަހާފަ އެވެ. -- އަހުމަދު ޝުރާއު | އަވަސް