މާލެއަށް އުދަ އަރައި ފެންބޮޑުވުން

އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަނީ ބޮޑެތި ރާޅުތަށް އަރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް މިދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަނީ ބޮޑެތި ރާޅުތަށް އަރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.
މި ދުވަސް ވަރަކީ އާންމު ގޮތެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންދާ ދުވަސް ވަރެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް އުދަ އެރުމުގެ ސަބަބުން ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މެޓް އޮފީހުން ބުނީ އާންމުކޮށް އުދަ އަރާ ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ މެންދުރުފަހު ނުވަތަ ހަވީރުގެ ވަގުތުތަކުގައި ކަމަށެވެ. އަދި އެކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފިހުން ބުނީ މި އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ވިއްސާރަ ދެތިން ދުވަހަށް ދެމިގެން ގޮސްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުދައިގެ އަސަރު ނުވަތަ ލޮނުގަނޑު ރަށުތެރެއަށް ވަދެ ގެދޮރަށް ވަންނަ ކަމުގައި ވާނަމަ ގެއަށް ލޮނުގަނޑުވަނުން ކޮންޓްރޯލް ކުރުމަށް ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށްގެން ލޮނުގަނޑު ގެއަށް ވަނަ ނުދިނުމަށާއި ގެއަށް ލޮނުގަނޑު ވަންނަކަމުގައި ވާނަމަ ހިފާގެންގުޅޭ ތަކެއްޗާއި އަދި އިލެކްޓްރޯނިކްސް ސާމާނު ލޮނުގެ އަސަރު ނުކުރާނެ ތަނަކަށް ބަދަލުކުރުން މުހިންމެވެ.
ލިބިދާނެ ގެއްލުން ކުރިޔާލާ ދެނެގަނެ ކުރިޔާލާ އަވަސް ފިޔަވަޅުތަކެއް އަޅާ އުދަ އަރާ ދިމާލުގައި ހުންނަ އޮޔާދާނެފަދަ ތަކެތި އެހެން ތާކަށް ބަދަލުކުރުން ނުވަތަ އޮޔާ ނުދާނެ ފަދަ ގޮތަކަށް ބަނދެ ހައްޔަރު ކުރުމަކީ ވެސް އެޅިދާނެ ފިޔަވަޅެކެވެ.
ފޮޓޯ ސްޓޯރީ:- އަހުމަދު ޝުރާއު | އަަވަސް