އެނބޫދޫ ރިސޯޓް މަޝްރޫއު ފެށުން

ޑިއުޓީ ފްރީ ފިހާރަތަކާއެކު ކ.އެނބޫދޫ ފަޅުގައި ތަރައްގީކުރާ ބިޔަ ރިސޯޓުގެ މަޝްރޫއުގެ ބިންގާ އިއްޔެ ވަނީ އަޅާފަ އެވެ. އެނބޫދޫ ފަޅު ހިއްކައިގެން ރިސޯޓު ހަދާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ކުންފުނިން ގުޅިގެން އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން، ޔޮޓްމެރީނާ އާއި ޑިއުޓީ ފްރީ ފިހާރަތައް ހުންނާނެ އެވެ. މިގޮތުން މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) އަށް އަރާނެ އެވެ. - އަހުމަދު ޝުރާއު | އަވަސް