ރިލްވާން ގެއްލުނުތާ 3 އަހަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުތާ މިއަދަށް ވަނީ ތިން އަހަރު ފުރިފަ އެވެ. ނަމަވެސް ރިލްވާންއަށް ވީގޮތް މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް، ރިލްވާންއާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް ގޮވާލައި، މިއަދު ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން ވަނީ ހިނގާލުމެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ހިނގާލުން ކުރިއަށް ދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ހިނގާލުން ހުއްޓުވާފަ އެވެ. އަދި ބައިވެރިން ގެއްގުޅުނު ބޯޑުތައް ފުލުހުން ވަނީ އަތުލާފަ އެވެ. ހިނގާލުމުގައި ބައިވެރިވި ނުވަ މީހެއް ހައްޔަރުކޮށްފައިވެސްވެ އެވެ. - އަހުމަދު ޝުރާއު | އަވަސް