އާތިފްގެ ޖަނާޒާ

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ޑެޕިއުޓީ މޭޖާ ކޮމާންޑާ އަހުމަދު އާތިފްގެ ހަށިގަނޑު މާލެ ގެނެސް އާސަހަރާގައި ވަނީ ފަސްދާނުލެވިފައެވެ. އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ.އާތިފް އަވަހާރަވި އިރު އޭނަ ހުންނެވީ ހަނިމާދޫގައި ހުންނަ ސިފައިންގެ އިސްވެރިޔާގެ މަގާމުގަ އެވެ. ގާތްގަނޑަކަށް 30 އަހަރު ހިދުމަތްކޮަށްދީފައިވާ އާތިފް އުޅުއްވީ އާލަސްކަންފުޅާ ނޫން ކަމަށްވެ އެވެ. އަވަހާރަވެފައި އޮއްވާ ފެނުނީ ހޭނުލައިގެން ގޮސް ބެލި އިރު އެވެ. ހަނިމާދޫގައި އާތިފް ދިރިއުޅުއްވަމުން ގެންދެވީ ސިފައިންގެ މަރުކަޒުގައި ހުންނަ ކޮޓަރިއެއްގަ އެވެ. އާތިފްގެ މޫނު ބައްލަވާލެއްވުމަށް ރައީސް ޔާމިނާއި ނައިބު ރައީސް ޖިހާދުވެސް ވަނީ ވަޑައިގެނަފައެވެ. އަދި އާތިފްގެ ޖަނާޒާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. :-- އަހުމަދު ޝުރާއު | އަވަސް