އިދިކޮޅުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަން ދިއުން

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑާޝިޕުން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރަން ކުރި މަސައްކަތް މިއަދު ވަނީ ނާކާމިޔާބު ވެފައެވެ. އިދިކޮޅު ޕާޓީތަކުން މިއަދު މެންދުރު 1:30 ހާއިރު ސުޕްރީމް ކޯޓަށް ގޮސް އަބްދުﷲ ސައީދާ ބައްދަލު ކުރަން އެދުނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުއާ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެންއާ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޖުމްހޫރީ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވެސް ސުޕްރީމް ކޯޓަށް ވަޑައިގަތެވެ. އަބްދުﷲ ސައީދާ ބައްދަލު ކުރަނީ ގައުމަށް ދިމާވެފައިވާ ދުސްތޫރީ ބޮޑު މައްސަލައާ މެދު މަޝްވަރާކޮށް ހައްލެއް ހޯދުމަށް އެދެން ކަމަށެވެ. އަދި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލާގައި ހުކުމެއް ނައިސް ލަސްވާތީ އެ ކަންބޮޑުވުންތައް ވެސް އުއްތަމަފަނޑިޔާރާ ހިއްސާ ކުރަންކަމަށް އިދިކޮޅުން ބުނެއެވެ.:-- އަހުމަދު ޝުރާއު | އަވަސް