ޓެކްސަސް ސްޓޭޓަށް ތޫފާން ހާވީ އެރުން

އެމެރިކާގެ ޓެކްސަސް ސްޓޭޓަށް ތޫފާން ހާވީ އެރުމުގެ ސަބަބުން ވެހެމުންދާ ވާރޭގައި އެ ސްޓޭޓްގެ މައިރަށެއް ކަމަށްވާ ހިއުސްޓަންގެ ބޮޑު ބައެއް ފެނުގެ އަޑިއަށް ގޮސް، ދިރިނޫޅެވޭ ވަރު ވެއްޖެއެވެ. ރޮއިޓާސް ބުނީ ފެންބޮޑުވުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށްދާން ޖެހިަފއިވާ ކަަމަށާއި ރައްކާތެެރި ހިސާބުތަކަށް މީހުން އުފުލަމުން އަންނަ ކަމަށެވެ. ހިއުސްޓަން އަކީ އެމެރިކާގެ ހަތަރުވަނަ އަށް އެންމެ ބޮޑު ޝަހަރެވެ. ފުރަތަމަ އެރި އިރު ކެޓަގަރި ހަތަރެއްގެ ހަރިކޭން އެއްގެ ގޮތުގައި ދަރަޖަކޮށްފައިވާ ހާވީ އަލީ ފާއިތުވި 50 އަހަރުގެ ތެރޭގައި ޓެކްސަސް އަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ހިއުސްޓަންގެ އިތުރުން ޓެކްސަސްގެ އެހެން ސަރަހައްދުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެގޮތުން ފޯޓް ބެންޑް ކައުންޓީގައި ދިރިއުޅޭ 50000 މީހުން އެތަަން ދޫކޮށް ދިއުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ. އެއީ ބްރޭޒޯސް ނަމަކަށް ކިޔާ ކޯރުގެ ފެންގަނޑު 59 ފޫޓަށް އުފުލޭނެ ކަމަށް ލަފާކުރެވިގެންނެވެ. :- ފޮޓޯ: