ވަކީލުންގެ ކަންބޮޑުވުން ސުޕްރީމް ކޯޓަށް

ގިނަ ވަކީލުންތަކެއް އެ ބޭފުޅުންގެ ކަންބޮޑުވުންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކޮށްފި އެވެ. ޖުމްލަ 56 ވަކީލުން ސޮއި ކުރައްވާފައިވާ ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ގިނަ އަދަދެއްގެ ވަކީލުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަތެވެ.ގާނޫނީ ވަކީލް ހުސްނުއްސުއޫދާއި އަބްދުﷲ ހަސީން ފަދަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ހުށަހެޅުއްވި މި ޕެޓިޝަން ސުޕްރީމް ކޯޓުން ބަލައިގެންފައިނުވާ ކަމަށް މިކަމުގައި އިސްކޮށް އުޅުއްވާ އެއް ވަކީލް މަހުފޫޒް ސައީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހުފޫޒް ވިދާޅުވީ، ޕެޓިޝަން ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެންގެވި ކަމަށާއި ކަމާގުޅޭ އެއްވެސް ބޭފުޅަކު ބައްދަލުކޮށްފައި ވެސް ނުވާ ކަމަށެވެ. :- އަހުމަދު ޝުރާއު | އަވަސް