އެޗްޑީސީން ހުޅުމާލޭގައި އީދު ފާހަގަކުރުން

ހުޅުމާލޭގައި އީދު ފާހަގަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށްފަހު ހެނދުނުގެ ސައިވެސް ވަނީ ބާއްވާފަ އެވެ. އަދި އެޗްޑީސީން އިންތިޒާމްކޮށްގެން އުޟްހިޔާ ކަތިލުމުގެ ހަރަކާތަކާއި ސަގާފީ ޕެރޭޑެއް ވެސް ވަނީ ބާއްވާފަ އެވެ. އެ ޕެރޭޑްގައި ސަގާފީ ގިނަ ކުޅިވަރުތަކެއް ދައްކާލި އެވެ. އެގޮތުން މާލި، ކޯޑި، ދޯނި، ބޮޑުމަސް ފަދަ ކުޅިވަރުތައް ކުރިއަށްދިޔަ އެވެ. އޭގެ އިތުރުން ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބޮޑުބެރާއި ރަސްމަޓަސް ޑާންސް ގްރޫޕްގެ ސަގާފީ ނެށުންތައް ވެސް އިއްޔެ ހަވީރު ސްޓޭޖްގައި ވަނީ ހުށަހަޅާދީފަ އެވެ.