އެޗްޑީސީ ސަގާފީ އީދު

ކުލަގަދަ ގޮތެއްގައި ހުޅުމާލޭގައި ބޮޑު އީދު ފާހަގަ ކުރުމަށް ކާމިޔާބު ހަރަކާތްތަކެއް އިއްޔެ ބާއްވައިފި އެވެ. އިއްޔެ ހުޅުމާލޭގައި އީދާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ގިނަ ހަރަކާތްތަކަށް ލިބުނު ތަރުހީބު ވެސް ބޮޑެވެ. ހަވީރު ވަނީ ސަގާފީ ޕެރޭޑެއް ވެސް އެޗްޑީސީއިން ބާއްވާފަ އެވެ. އެ ޕެރޭޑްގައި ސަގާފީ ގިނަ ކުޅިވަރުތަކެއް ދައްކާލި އެވެ. އެގޮތުން މާލި، ކޯޑި، ދޯނި، ބޮޑުމަސް ފަދަ ކުޅިވަރުތައް ކުރިއަށްދިޔަ އެވެ. އޭގެ އިތުރުން ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބޮޑުބެރާއި ރަސްމަޓަސް ޑާންސް ގްރޫޕްގެ ސަގާފީ ނެށުންތައް ވެސް އިއްޔެ ހަވީރު ސްޓޭޖްގައި ވަނީ ހުށަހަޅާދީފަ އެވެ. :- އަހުމަދު ޝުރާއު | އަވަސް