ރައީސްގެ ދެކަނބަލުން އެންމެ އުހުގައި

ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާޙިމް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ ދުބާއީއަށް ވަޑައިގެން ބުރްޖް އަލް ހަލީފާ ބައްލަވާލައްވާފައެވެ. ރައީސްގެ ދެކަނބަލުން، ބުރްޖް ހަލީފާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ހެޑް އޮފް ޕްރޮޓޮކޯލްއެވެ. ބުރްޖް ހަލީފާއަށް ވަޑައިގެން، ރައީސްގެ ދެކަނބަލުން ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. ބުރްޖް ހަލީފާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތެވެ. މި އިމާރާތް ރަސްމީކޮށް ހުޅުވާފައިވަނީ 2010 ވަނަ އަހަރު.