އާ ދިވެހިންނަށް، މިއަދުގެ ލޮލުން އިއްޔެ!

އޭ މި ރާއްޖޭގެ އާ ޒަމާނުގެ ދިވެހިންނޭވެ! އަހަރެމެނަށް މިއަދު މިތިބީ ހާދަހާ ދުރަކަށް ދެވި ހާދަހާ ބޮޑަކަށް ވާވަދެވި މަގު އޮޅިފަ އެވެ. ދުރަށް ދަތުރު ކުރަމުން ގޮސް އެންމެ ފަހުން އަހަރެމެން ބަނޑު އަޅައި ވިހޭ މައިމީހާގެ މަތީން ވެސް އަހަރެމެން ހަނދާން ނައްތާލީ ހެއްޔެވެ؟ ނިކަން ބަލައިބަލާށެވެ، މި ގައުމު ބިނާ ކުރި ބާނީން ނަކީ އަހަރެމެންގެ މި މައިންނެވެ. އެ މައިންނަށް އެ މީހުންގެ މައްޗަށް އެރުވި ހުރިހާ ބަރެއް އުފުލާން ކެރުނެވެ. އެކަމަކު ބޯ ނެތް ކަކުންޏާއި ބަރަވެއްޔަށް ވީވަރު ވެސް އަހަރެމެނަކަށް ނުވި އެވެ. އެކަކުނި ވެސް މީހަކު ފެނުމާއެކު "ފިލިތަޅަން" ބަލައި އަންނަ ކަން އެނގި ހޮރަށް ވަދެ ފިލައި ރައްކާތެރިކަން ހޯދައި ވިއްޔާ އެވެ. އެކަމަކު އަހަރެމެންގެ މައިން، އަހަރެމެނާ ހަމައަށް މި ގައުމުގެ ގެނެސްދޭން އުފުލި ބުރަ އާއި ވޭން އަހަރެމެންގެ ހަނދާނާ ވަކިވެ ވަނީ ގޮސްފަ އެވެ. އަހަރެމެން މިއީ އަޅެފަހެ ކޮންކަހަލަ ބައެއް ހެއްޔެވެ؟
އޭ މި ރާއްޖޭގެ އާ ޒަމާނުގެ ދިވެހިންނޭވެ! އަހަރެމެނަށް މިއަދު މިތިބީ ހާދަހާ ދުރަކަށް ދެވި ހާދަހާ ބޮޑަކަށް ވާވަދެވި މަގު އޮޅިފަ އެވެ. ދުރަށް ދަތުރު ކުރަމުން ގޮސް އެންމެ ފަހުން އަހަރެމެން ބަނޑު އަޅައި ވިހޭ މައިމީހާގެ މަތީން ވެސް އަހަރެމެން ހަނދާން ނައްތާލީ ހެއްޔެވެ؟ ނިކަން ބަލައިބަލާށެވެ، މި ގައުމު ބިނާ ކުރި ބާނީން ނަކީ އަހަރެމެންގެ މި މައިންނެވެ. އެ މައިންނަށް އެ މީހުންގެ މައްޗަށް އެރުވި ހުރިހާ ބަރެއް އުފުލާން ކެރުނެވެ. އެކަމަކު ބޯ ނެތް ކަކުންޏާއި ބަރަވެއްޔަށް ވީވަރު ވެސް އަހަރެމެނަކަށް ނުވި އެވެ. އެކަކުނި ވެސް މީހަކު ފެނުމާއެކު "ފިލިތަޅަން" ބަލައި އަންނަ ކަން އެނގި ހޮރަށް ވަދެ ފިލައި ރައްކާތެރިކަން ހޯދައި ވިއްޔާ އެވެ. އެކަމަކު އަހަރެމެންގެ މައިން، އަހަރެމެނާ ހަމައަށް މި ގައުމުގެ ގެނެސްދޭން އުފުލި ބުރަ އާއި ވޭން އަހަރެމެންގެ ހަނދާނާ ވަކިވެ ވަނީ ގޮސްފަ އެވެ. އަހަރެމެން މިއީ އަޅެފަހެ ކޮންކަހަލަ ބައެއް ހެއްޔެވެ؟
މި ރީތި އަންހެން މީހާ އެއިނީ ދިވެހިން ރީއްޗަށް މޮޅަށް ކުރަމުން އައި މަސައްކަތެއްގެ ތެރޭގަ އެވެ. ރީތި ހިނިތުންވުމަކާއެކު ރޯނު ވަށަނީ އެވެ. އެއީ ކޮން ރަށެއްގެ ކާކު ކަމެއް އޭނާ ދުނިޔޭގައި އިންކަމެއް ވެސް އަދި ނެތް ކަމެއް ވެސް ނޭނގެ އެވެ. އެކަމަކު އެނގޭ ކަމެއް އެބައޮތެވެ. އޭނާ އާއި އޭނާ ފަދަ މަންމައިން، އަންހެނުން ދިވެހި ގައުމަށްޓަކައި ދިވެހިން ދަރީންނަޓަކައި އަގު ނުކުރެވޭނެ ގުރުބާނީ ވެފައިވާ ކަމެވެ. އޭނާ ފަދަ ކިތައް މީހުން ކިތައް ދުވަހު ކިތައް ބޮނޑި ރޯނު ވަށައި ދިވެހި ގައުމަށްޓަކައި ކިތައް ފަހަރު ހަށިގަނޑު ދަލުން ތެންމާލާފައި ވާނެ ހެއްޔެވެ؟ އެ މައިންނަށްޓަކައި އަހަރެމެން ފަހުރުވެރި ނުވާނަން ހެއްޔެވެ؟
ބަނބުކޭލު ބަތާއި ތެލުލި ބަނބުކޭލާއި އޭގެ ފޮނި ކުޅި، އެތަކެއް ބާވަތެއް އަހަރެމެން އުފައްދައި އުޅުނީމު އެވެ. މިހާރު އެއިން ބާވަތެއް ފެންނަނީ ހާލުން ހާލުންނެވެ. އަހަރެމެންގެ މުޅި އާމްދަނީ އާއި ކެއުމާއި ބުއިމުގެ ބޮޑު ބައެއް ބަނބުކޭލަށް ބަރޯސާވެފައި ވެސް އޮތެވެ. ބަނބުކޭލުގެ އެ ބާވަތްތައްކުން އަހަރެމެންގެ އާއިލާ މުއްސަނދި ކޮށްދޭން މި ގައުމުގެ މައިން ހާދަހާ ބުރައެއް އުފުލި އެވެ. ހަށިން ހާދަ ހިތްވަރެއް ލިއެވެ. އެ މަސައްކަތް އެ މަންމައިން ކުރީ ހާދަ ފޯރިއަކާ ޖޯޝަކާއެކު އެވެ. އަހަރެމެނަށްޓަކަ އެވެ. އަހަރެމެނާ ހަމައަށް މި ގައުމުގެ ގެނެސްދިނުމުގެ މަސައްކަތެއްގެ ގޮތުގައި ބަލައިގެންނެވެ. އަހަރެމެންގެ އެ މައިންގެ މަތީން ހަނދާން ނައްތާލާނީ ހެއްޔެވެ؟ ނޫނީ އަހަރުމެން އެ މައިންނަށްޓަކައި ފަހުރުވެރި ވާނީ ހެއްޔެވެ؟
ލަފާވާ ގޮތުން މިއީ 1980 ގެ މެދުރޭގެ މަންޒަރަކެވެ. އެ އަންހެން މީހާގެ ހުރިހާ ޝައުގުވެރި ކަމެއް ދޫކޮށްލާފައި އެވަނީ ފަންގި ވިނުމަށެވެ. މިއީ މާޒީގައި އަހަރެމެންގެ މައިން މި ގައުމަށްޓަކައި އަހަރެމެނަށްޓަކައިވީ ކިހާ ބޮޑު ގުރުބާނީ އެއް ހެއްޔެވެ؟ އެ މައިންގެ މި ހުނަރާއި ޝައުގުވެރި ކަމުން ކިތައް ފުރާޅު ހިޔާކޮށްދިން ހެއްޔެވެ؟ އަހަރެމެނަށްޓަކައި ކިހާ ފައިސާއެއް ޖަމާ ކުރި ހެއްޔެވެ؟ ކިތައް ދުވަހު ކިތައް ބުރަ އުފުލި ހެއްޔެވެ؟ އަަރެމެން އެއްވެސް މީހަކު މިއިނ ކަމެއް ހަނދާނުގައި އެބަހުރި ހެއްޔެވެ؟ ނެތިއްޔާ އަހަރެމެން ގުނާނީ ކޮން ކަހަލަ ބައެއްގެ ތެރޭގައި ހެއްޔެވެ؟
މި މާމަ މިހާރު ދުނިޔޭގައި އިންނާނެ ކަމެއް ނޭނގެ އެވެ. އެކަމަކު އެ މާމަ އަހަރެމެނާ ވަކިވެގެން ގޮސްފައިވާނަމަ އޭނާ ވަކިވެގެން ގޮސްފައި ވާނީ އަހަރެމެންނަޓަކައި ކިތައް ހިދުމަތް ފުރިހަމަ ކޮށްފައި ހެއްޔެވެ؟ އޭނާ އެ ހަވާދު ފުނޑަނީ އެވެ. މުޅި ހަށިގަނޑުގެ ހުރިހާ ބުރައެއް އެ ބުރަ މަސައްކަތުގެ ތެރެއަށް ދޫކޮށްލައިގެނެވެ. އަހަރެމެނަށް މީރުކޮށް ކާން ދިނުމަށް ބޭނުންވާނެ ކޮންމެވެސް ކެއުމެއް ތައްޔާރު ކުރުމަށެވެ. ކިތައް ފަހަރު ކިތައް ދުވަހު މި ބުރަ އުފުލާފައިވާނީ ކިހާ އުފަލެއްގައި އިނދެކަން އަހަރެމެން ދެނެ ތިބިން ހެއްޔެވެ؟
ފަހުރުވެރި ކަމާއެކު ހަނޑޫ ހޮވައި ސާފުކޮށްލަނީ އެވެ. ދެ މައިންވެގެނެވެ. ނޫނީ ދެ ދައްތައިން ވެގެނެވެ. މިހާރު އަހަރެމެން ކުރިއަރައި ދިއުމުން މި އިން މަސައްކަތެއް މިގޮތަށް ކުރާކަށް ނުޖެހޭ ނޫން ހެއްޔެވެ؟ އެކަމަކު މި ގައުމުގެ މައިން ކިތައް އަހަރު ވަންދެން މި ބުރަ އުފުލާފައިވާނެ ހެއްޔެވެ؟ އެކަމަކު އެބުރަ އުފުލާފައި ވަނީ މި ގައުމަށްޓަކައި މި ގައުމުގެ ދަރިންނަށްޓަކައި ނޫން ދެން ކޮން ކަމަކާ ހެއްޔެވެ؟
މާޒީގެ މަތީން ހަނދާން އާކޮށްލަން މިއީ ކިހާ ރީތި މަންޒަރެއް ހެއްޔެވެ؟ އެކުވެރި ކަމާއި ބަދަހި ކަންމަތީގައި ތިބެގެން ރޯނު ވަށައިލާ މި މަންޒަރުން އެހާރުގެ މަންމައިންގެ ކުރި މަސައްކަތުގެ އެތައް ވާހަކައެއް ދިމާއަށް އެއަޮތީ ފެންނާށެވެ. މި ވާހަކަތައް މާޒީގެ ފޮތުން އަހަރެމެން ބަލައި ކިޔައި ހޯދާނަމަ އަހަރެމެނަށް މިއަދު ޖެހިފައިވާ ބަދަހި ކަމެއް ނެތް ރޫޅިފައިވާ ހާލަތު ބައްދަލު ކުރާނެ ހެއްޔޭ ސުވާލުކޮށްލެވިދާނެ އެވެ. މިއީ އެތައް ބައިވަރު ވާހަކައެވެ. އަހަރެމެންގެ މަންމައިންގެ ވާހަކަ އެވެ. މިއަށްވުރެ އަހަރެމެނަށް ޝައުގުވެރި ވާހަކައެއް އޮންނާނެ ހެއްޔެވެ؟
މި މަންޒަރެއް މިއަދަކު ރާއްޖެއަކުން ނުފެންނާނެ އެވެ. އެކަމަކު މިއީ ވެސް އަހަރެމެންގެ މައިން އުފުލި ބުރައެކެވެ. ހެނދުނު ތެދުވާނެ އެވެ. މެންދުރު ވުމުގެ ކުރިން ވަނުން ހަނޑުލާއި ބިންބި އާއި ކުދިބަތް ކަނޑާނެ އެވެ. ވޭން ހުރި ބުރަ މަސައްކަތެކެވެ. އެ ވަނާއި މޯލުން ތަޅައިގެން ކެނޑި ބިންބިއާއި ކުދި ބަތަކީ އަހަރެމެން ތުއްތު އިރުގެ ކެއުމެވެ. އެ ހަނޑުލަކީ އަހަރެމެން ބޮޑެތި މީހުންގެ ކެއުމެވެ. އެންމެ ދުވަހެއް ދޫކޮށް ނުލައި ޒަމާންތަކަކަށް އަހަރެމެންގެ މައިން އެ މަސައްކަތުގައި ދެމި ތިވެ ގައިން ދާ އޮހޮރުވީ ކޮން ބައެއްގެ އުފަލުގައި ހެއްޔެވެ؟ އަހަރެމެން މި ކަންކަން ހަނދާނާ ވަކިކޮށްލައިގެން ވާނީ ކޮން ފަދައަކުން ހެއްޔެވެ؟
ތޫނު ވަޅިއާއެކު ދުވަސްވީ މާމަ އެ ކުރާ ކަމެއް އެނގޭހެއްޔެވެ؟ އޭނާ ފަން ކިރިއްސަނީ އެވެ. ފޮޅައި ސާފުކޮށް ކުނިކަހާނެ އިލޮށިފައްޗެއް ތައްޔާރު ކުރުމަށެވެ. ރީތި، އަދި ތާހިރު މަސައްކަތެކެވެ. ވަގުތު ހޭދަވާ އުނދަގޫ މަސައްކަތެވެ. އެކަމަކު މިއީ މަންމައިންގެ ކޮންމެ ދުވަހެއްގެ އާދަ އެވެ. ކޮންމެ ދުވަހަކު މި މަަސައްކަތްކޮށްގެން ކިހާ ދުރަކަށް އެ މީހުން އަހަރެމެންނާއެކު ދަތުރުކޮށްފައިވާނެ ހެއްޔެވެ؟
މަންމައިން މާމައިން ދައްތައިން އަހަރެމެންނަށްޓަކައި ވަލަށް ނުވަންނަ އެންމެ ދުވަހެއް ވެސް މާޒީގައި ނުވާނެ އެވެ. ވާ ކޮށާއި ސާފުކޮށް ދަރު އުފެއްދި އެވެ. އެއިން ނަފާ ހޯދި އެވެ. އޭގެ ސަބަބުން އެ މައިން އުފުލި ބުރާ އެއްވަރަށް އެމީހުންނަށް ހައްގުވާ ޝުކުރު ކޮބައި ހެއްޔެވެ؟ އަހަރެމެންވީ އެ ހުރިހާ ކަމަކާ ދުރަށް ދެވި އޮބާފައި ނޫން ހެއްޔެވެ؟
އެ ދައްތަ ބޮނިބި ފާކޮށްގެން އެ ބޮނބި ތަޅަނީ އެވެ. ކިފުޅި އުފައްދާށެވެ. އިން ރޯނު ވަށާށެވެ. އެ ރޯނުން އާމްދަނީ ހޯދާށެވެ. އެކަން އޭނާ އުފަލަކަށް ހެދިއެވެ. އެއީ ހަޔާތުގެ ބޮޑު ބައި ކަމަށް ހެދި އެވެ. އެ މަސައްކަތް ކުރީ ގައުމުގެ ހުރިހާ މައިންނެވެ. އެ މީހުންގެ އެ މަސައްކަތާ ނުލައި އަހަރެމެންގެ މި ފުރިހަމަ ހަޔާތް މި ގޮތުގައި އޮތީސް ހެއްޔެވެ؟