ފޮޓޯ ސްޓޯރީ: ސީޒަނަށް އެއާޕޯޓަށް ބާރު ބޮޑުވުން

ޓޫރިސްޓު ސީޒަނާ ދިމާކޮށް ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ޒަހާ އަހުމަދު އަވަސް
ޓޫރިސްޓު ސީޒަނާ ދިމާކޮށް ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި -- ފޮޓޯ: ޒަހާ އަހުމަދު އަވަސް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1.2 މިލިއަން މީހުންނެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ -- ފޮޓޯ: ޒަހާ އަހުމަދު | އަވަސް
ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އިނިގޭސިވިލާތް އަދި ފްރާންސުގެ އިތުރުން ޖަރުމަނުވިލާތް ހިމެނެ އެވެ -- ފޮޓޯ: ޒަހާ އަހުމަދު | އަވަސް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފެށުނުއިރު، ރާއްޖޭގައި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ހޭދަކޮށްފައިވަނީ 5.7 ދުވަހާއި 6.5 ދުވަހެވެ. މިދިޔަ މަހު ޓޫރިސްޓުން ރާއްޖޭގައި 6.3 ދުވަސް ހޭދަ ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން ހޭދަކުރި 6.2 ދުވަހާ ބަލާއިރު އިތުރު ވުމެކެވެ -- ފޮޓޯ: ޒަހާ އަހުމަދު | އަވަސް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1.2 މިލިއަން މީހުންނެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން އަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ- ފޮޓޯ: ޒަހާ އަހުމަދު | އަވަސް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ރާއްޖެއަށް 120,506 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 104,572 މީހުންނާ އަޅާބަލާއިރު 15.2 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ މަހު ޗައިނާ އިން 21,195 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 18,954 މީހުންނާ އަޅާބަލާއިރު 11.8 ޕަސެންޓް އިތުރުވުމެކެވެ- ފޮޓޯ: ޒަހާ އަހުމަދު | އަވަސް
މިދިޔަ މަހު ޔޫރަޕުން 60,170 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ މަހު އައި 51,363 މީހުންނާ އަޅާބަލާއިރު 17.1 ޕަސެންޓް އިތުރުވުމެކެވެ- ފޮޓޯ: ޒަހާ އަހުމަދު | އަވަސް