ފޮޓޯ ސްޓޯރީ: ކަރެމްބޫ އާއި ދިވެހިން

މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެއް ކަމަކަށް ވާނީ ކޮްނމެ 4 އަހަރަކުން އެއްފަހަރު ބާއްވާ ވާލްޑް ކަޕަށެވެ. އެގޮތުން ދިވެހިން ވެސް މިތިބީ ވާލްޑް ކަޕްއަށް ކެއްމަދުވެފައެވެ. ވޯލްޑަ ކަޕް ފެށުމަށް މިޙާރު މިއޮތީ ކުޑަދުވަސްކޮޅަކަށް ވެފައެވެ. އެގޮތުން ވާލްޑް ކަޕުގެ މައި ސްޕޮންސަރެއް ކަމުގައިވާ ކޮކާ ކޯލާއިން މިވަނީ ވޯލްޑަ ކަޕާއި ދިމާކޮށް ފޯރި އަރުވާލުމުގެ ގޮތުން މި މުބާރާތުގައި ބޭނުން ކުރާ ޓްރޮފީ ދުނިޔޭގެ ގައުމުތަކަށް ގެންދަމުންނެވެ. މިފަހަރުގެ މި ޓުއާގައި ރާއްޖެވެސް މިއޮތީ ހިމެނިފައެވެ. ޓުއާގެ ދެވަނަ މަންޒިލަކަށް މި ވީ ރާއްޖެއެވެ. ރާއްޖޭގެ ތާރީހުގައިވެސް ވޯލްޑް ކަޕްގެ އޮރިޖިނަލް ތަށި ރާއްޖޭގެ ފަސްގަނޑަށް މިގެނައީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލި ފްރާންސް ޓީމުގެ ސްޓާ ކުޅުންތެރިއެއް ކަމުގައިވާ ކްރިސްޓިއަން ކެރަމްބޫއެވެ.

ވާލްޑް ކަޕުގެ ތަށި ރާއްޖެ ގެނައީ ޖެނުއަރީ 24ގައެވެ. އަދި ރާއްޖޭގެ ފަސްގަނޑުން އުދުއްސާލީ ޖެނުއަރީ 25 ވީ ދުވަހުގައެވެ. ރާއްޖެއިން މިވަނީ ޓްރޮފީ ހިފައިގެން އައި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފައެވެ. ޓްރޮފީ ރާއްޖެ ގެނެވުނީ މި ޓުއާއަށް ހާއްސަ ކުރެވިފައިވާ މަތިންދާބޯޓެއްގައެވެ. ރާއްޖޭއިން މި ޓްރޮފީއަށާއި ކެރަންމްބޫއަށާއި ކޯކްގެ ޓީމަށް މަރުހަބާ ދެންނެނީ ރައީސުލް ޖުމްހުރިއްޔާގެ އަންބިކަނަބަލުން ފާތިމަތު އިބްރާހިމްއެވެ.
ރާއްޖޭގެ ރައޔްިތުންނަށް ރަސްމީކޮށް މި ޓްރޮފީ ދާއްކާލީ ގަލޮޅު ދަނޑުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހުރިޔާ ޔާމީން އާއި ކްރިސްޓިިއަން ކެރަންމްބޫ އެވެ. މި ޓްރޮފީ އެންމެ ފުރަތަމަ އުފުލާލީ ދިވެއްސަކީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޔާމީންއެވެ. މި ޓްރޮފީގައި އަތް ލެވޭނީ ހަމައެކަނި އެގައުމެއްގެ ވެރިޔާއަށާއި ކުރިން ވޯލަޑްކަޕްގެ ތަށި އުފުލާލި ތީމްތަކަުގެ ކުޅުންތެރިންޏަށެވެ.
އާމުންނަށް މި ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ކޮކާ ކޯލާއިން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން 25 ވަނަ ދުވަހުގެ ހެނދުނު 7 ކުން އިރު އޮއްސި 6 ކަށް ވަނީ ޓަފް ދަނޑުގައި ފޮޓޯ ނެގުމާއި ޓްރޮފީ ބަލާލުމުގެ ފުރުސަތަު އާމުންނަށް ދީފައެވެ. ދިވެހިންގެ ގިނަ ބަޔަކު ވަނީ މި ޓްރޮފީއާއެކު ފޮޓޯ ނެގުމަށް އެސަރަހައްދަށް ގޮސްފައެވެ. އަދި ނަގާ ފޮޓޯ ވަގުތުން އެ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޓްރޯފީއާއެކު ރާއްޖެ އައި ކްރިސްޓިއަން ކެރަންމްބޫއަށް ވެސް ވަނީ ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކެރަންމްބޫއާއި އެކު ފޮޓޯ ނަގާލުމަށް ޓަކައި އާމުންގެ ގިނަ ބަޔަކު ވަނީ ގޮސްފައެވެ.
ކޮކާކޮލާގެ މިރީޖަންގެ ޓީމަކާއި މާލޭގެ ކޯކް ޓީމާއި ދެމެދު ކުޅެވުނު ފުޓްބޯޅަ މެޗެއްގައިވެސް ކެރަންމްބޫ ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ކެރަންމްބޫ ވަނީ ކުޑަކުދިންނާއި އެއްކޮށްވެސް ފުޓްބޯޅަ ކުޅެފައެވެ.
ކޮކާކޯލާއިން މި ޓްރޮފީއާއި ކެރަންމްބޫ ރާއްޖެ ގެނައުމުން ގިނަ ދިވެހިން މިތިބީ އުފާވެފައެވެ. އަދި ރާއްޖޭގެ ފަސްގަނޑުގައި މި ޓްރޮފީ ބަހައްޓާލެވުނު ޝަރަފު ލިބިގަނެގެންނެވެ.
ފޮޓޯ ސްޓޯރީ:- އަހުމަދު ޝުރާއު | ފޮޓޯ ޖާނަލިސްޓް