މަޖިލިސް މެމްބަރު އިލްހާމް މިނިވަންކުރުން

ރާއްޖެ ވަޑައިގަތްތަނުން އެއާޕޯޓުން ހައްޔަރު ކުރި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިނިވަން ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އިލްހާމްވެސް އިއްޔެ ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއެކު އެވެ. ސިނާންވެސް ވަނީ ކޯޓުން މިނިވަން ކޮށްފަ އެވެ. އިއްޔެ އެއާޕޯޓުން އެދެބޭފުޅުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ސިނާން މިނިވަން ކުރުމާއި އެކު ސަރުކާރާއި ދެކޮޅު މެމްބަރުންނާއި ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. :- އަހުމަދު ޝުރާއު | އަވަސް