ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅުން

އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވާ ކުރަމުންދިޔަ ނޫސްވެރިންނަށް ފުލުހުން މިރޭ ވަނީ ވަރަށް ބޮޑަށް ހުރަސް އަޅާފަ އެވެ. މިރޭގެ މުޒާހަރާ ކަވާ ކުރަން އެއްގޮތަކަށް ވެސް ނޫސްވެރިންނަށް ފުލުހުން ފުރުސަތެއް ނުދެ އެވެ. ނޫސްވެރިން އެކި ގޯޅިތަކަށް ވައްދައި، މަންޒަރުތައް ނެގުމަށް ހުރަސް އަޅާފައިވެ އެވެ. އެންމެ ފަހުން ނޫސްވެރިން ފަހަތަށް ޖައްސަމުން ގެންގޮސް، ވެއްދީ ކުނޫޒުގެ ތެރެއަށެވެ. ގިނަ ނޫސްވެރިންނަށް އަނިޔާވީ އެ ވަގުތު އެވެ. އެ ގަޑީ ދެ ނޫސްވެރިއަކު ހައްޔަރު ވެސް ކުރި އެވެ. އިތުރު ފަސް ނޫސްވެރިއަކަށް މިހާރު ދަނީ އަނިޔާވެ އޭޑީކޭގައި ފަރުވާދެމުންނެވެ. މުޒާހަރާ ކަވާ ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަނާއި ވީޓީވީގެ ނޫސްވެރިޔާ ލީވާން ނަސީރެވެ. .:- އަހުމަދު ޝުރާއު | އަވަސް