ސިތާރާގޭގައި ރޯވުން

މާލޭގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ. އަލިފާން ރޯވީ މ. ސިތާރާ ގޭގެ ތިން ވަނަ ފްލޯގަ އެވެ. ދުމުގެ އަސަރުކޮށްގެން އެކަކުގެ ހާލު ގޯސްވެ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވި ބުރީގައި ދިރިއުޅެނީ ބިދޭސީ ފިރިހެނުންނެވެ. ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޯވި ވަގުތު ގޭތެރޭގައި އޮތް މީހެކެވެ. އަލިފާން ރޯވެ ލިބުނު ގެއްލުންތައް ބައްލަވާލައްވަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެ ސަރަހައްދަށް ވަޑައިގަތެވެ. :- އަހުމަދު ޝުރާއު | އަވަސް