ބަންގުލަދޭޝްގެ މަތިންދާބޯޓު ވެއްޓުން

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި 40 މީހުން އިއްޔެ ވަނީ މަރުވެފައެވެ. ނޭޕާލު އޮފިޝަލުންނާ ހަވާލާދީ ކަތުމަންޑޫޕޯސްޓް ނޫހުން ބުނީ ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބޮމްބާޑިއާ ޑޭޝް 8 ކިއު 400 މަރުކާގެ މަތިންދާބޯޓް ކަތުމަންޑޫގެ އެއާޕޯޓްގެ ކައިރީގައިވާ ފުޓްބޯޅަ ދަނޑަކަށް ވެއްޓުނު އިރު ފަޅުވެރިންނާއެކު ޖުމްލަ 71 މީހަކު އެއިން ދަތުރުކުރަމުން ދިޔަ ކަަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ހޯދައި ސަލާމަތް ކުރެފައި ވަނީ 25 މީހުނެވެ. ދެން ތިބި މީހުންނަށް ވީގޮތް އަދި ކަށަވަރެއް ނުވެއެވެ. މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށް ނޭޕާލްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ. -- ފޮޓޯ:- އެކްސްޕްރެސް ޔޫކޭ