"ހުއްޓުވަން" އެއްވުން

އިދިކޮޅު ޕާޓީތަކުން އިންތިޒާމްކޮށްގެން "ހުއްޓުވަން" ނަމުގައި ރޭ ކުރިއަށް ގެންދިޔަ އެއްވުން ފުލުހުން ދަންވަރު ވަނީ ހުއްޓުވާފަ އެވެ. އެއްވުން ރަނގަޅަށް ނުފެށެނީސް ވެސް ގިނަ ބަޔަކު އެ ސަރަހައްދުން ހައްޔަރުކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވަޑައިގަތް އެ އެއްވުން ކުރިއަށް ގެންދަން އެއްވެސް ފުރުސަތެއް ފުލުހުން ނުދީ އިންޒާރުތައް ދިނެވެ. އެ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވީ މޫނު ވެސް ނިވާކޮށްގެންނެވެ. އެއްވުމުގެ ބައިވެރިން ޖުމްހޫރީ މައިދާނަށް ވަނުމަށް ވެސް ދިމާ ކުރި އެވެ. އެ ސަރަހައްދަށް އެއްވާން ބައިވެރިން ދިޔައީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ލީޑަޝިޕްގެ ދަށުންނެވެ. އެ ސަރަހައްދަށް އެއްވުމުގެ ބައިވެރިން ދިޔުމުން އެއީ ގްރީން ޒޯނަކަށްވާތީ ސިފައިން ސަރަހައްދު ބަންދުކޮށް އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސީ އެވެ. މި އެއްވުން ރޫލާލުމައްޓަކައި ގިނަ އަދަދެއްގެ ޕެޕާ ސްޕްރޭއާއި ކަރުނަ ގޭސް ވަނީ ބޭނުންކޮށްފައެވެ. -- އަހުމަދު ޝުރާއު އަވަސް