ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިއަދު ކޯޓަށް ހާޒިރުކޮށްފައެވެ. ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރި ވަގުތު އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ނަސްރީނާ އިބްރާހިމް ވެސް ވަނީ އެސަރައްދަށް ވަޑައިގެންފައެވެ. ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމަކީ އެއްވެސް އިރެއްގައި މީޑިއާއާ ވާހަކަފުޅު ދައްކަވާ އުޅުއްވި ބޭފުޅަކަށް ނުވުމުގެ އިތުރު އެކަމަނާއަކީ ވަރަށް މަޑުމައިތިރި ބޭފުޅެކެވެ. ނަމަވެސް މިއަދު ވަނީ މަގުމަތީ ހަރަކާތުގައި ބައިވެރިވެވަޑައިގެން މީޑިއާއަށް އެކަމަނާގެ ޝުއޫރުތައް ވެސް ފާޅުކުރައްވާފަ އެވެ. :- އަހުމަދު ޝުރާއު | އަވަސް