ބާޒާރުގެ ޓްރެފިކަށް ލުއިވުން

މުދާ އުފުލާ ގަޑިއަށް ސަރުކާރުން މިއަދު ގެނައި ބަދަލާއެކު "ދޫކަމެއް" ފެންނަނީ މަގު މަތިންނެވެ. ކުރިން ހަލަބޮލިކޮށް އޮތް ބާޒާރު މަތިން މިހާރު ފެންނަނީ ފަސޭހަ ކަމެވެ. ނަމަވެސް މި އުސޫލުގެ ސަބަބުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭ އެއް ބަޔަކަށް ވެފައިވަނީ މުދާ އުފުލުގެ ހިދުމަތް ދިނުމުގައި އުޅޭ މަޖޫރީންނެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމަށް ސަރުކާރުން އަލަށް ނިންމާފައިވަނީ މުދާ އުފުލޭނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް މުދާ އުފުލޭ ގޮތަށެވެ. މި ބަދަލު ގެންނައުމާއެކު ދުވާލު ގަޑީގައި މާލެ ވިޔަފާރި ބަނދަރުން މުދާ ހިފައިގެން ދަތުރުކުރާ ބޮޑެތި ލޮރީތަކާއި މާލޭގެ ފިހާރަތަކަށް މުދާ ގެންނަ އުޅަނދުތަކުގެ މަސައްކަތް ރޭގަނޑުގެ ގަޑިތަކަށް ވަނީ ބަދަލު ވެފަ އެވެ. :- އަހުމަދު ޝުރާއު | އަވަސް