މަގު ހަދަން ގަސްތަށް ކެނޑުން

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގު ތަރައްގީ ކުރުމަށް މާލޭ ބޮޑުތަކުރުފާނު މަގު ވަށައިގެން ހުރި ގަސްތައް ކަނޑާލައިފި އެވެ. އެ މަޝްރޫއަށް ގަސްތައް ކެނޑުމާ ގުޅިގެން އާންމުގެ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ މާލެ ކޮޅުން ބްރިޖަށްދާ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައި ތަރައްގީ ކުރުމަށްޓަކައި ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ތާރު އަޅާ ޒަމާނީ ފެންވަރަށް ބަދަލުކޮށްލުމަށެވެ. :- އަހުމަދު ޝުރާއު | އަވަސް