ލަންކާގެ މަޖިލިސް ހުޅުވައި ދެއްވައިފި

އަވަށްޓެރި ސްރީލަންކާގެ ރައްޔިތުންގެ މަޖިލީސް ދެވަނަ ދައުރަކަށް އިއްޔެ މަޖިލިސް ހުޅުވައިފިއެވެ. މަޖލިސް ހުޅުވީ ޖަލްސާތައް ހުއްޓިފައި އޮތުމަށްފަހު އެވެ. ޖިލިސް ހުއްޓުމަކަށް ގެނައީ މިއަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.

މަޖިލިސް ދެވަނަ ދައުރަށް ހުޅުއްވައިދެއްވީ ސްރީލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާއެވެ. އޭނާއަށް ވަނީ ގާޑް އޮފް އޮނާއެއް ވެސް އަރުވާފައެވެ. މަޖިލީހުގެ ޖަލްސާތައް ފަށާނީ މިއަދު އެވެ.
މަޖިލިސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ބޮޑު ވަޒީރު ރަނިލް ވިކްރެމެސިންގްހެ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ ލަންކާގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ އެވެ.