ފަލަސްތީނުގައި އިސްރާއިލުން ހިންގި ގަތުލުއާންމު

އިޒްރޭލުގެ ވެރިރަށް ކަމަށް އެ ގައުމުން ދައުވާ ކުރާ، ގުދުސްއަށް އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލު ކުރުމާ އެކު ފެށުނު މުޒާހަރާތަކުގައި ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން އިޒްރޭލުން މިވަނީ މަރާލާފައެވެ. ފަލަސްތީނުގެ 35،000 އެއްހާ މީހުން އެ ސަރަހައްދަށް އެއްވެފައި އޮތް އިރު އެއްބަޔަކު ގެންދިޔައީ އެ ސަރަހައްދުގައި ތިބި އިޒްރޭލު ސިފައިންގެ ގަޔަށް ގާ އުކަމުން އެވެ. އަދި އަނެއް ބަޔަކު ޓަޔަރުތަކުގައި ރޯކޮށް އަދި އަނެއް ބަޔަކު ބަޔަކު ފެންސް ވައްޓާލަން މަސައްކަތް ކުރި އެވެ. މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުން ރައްދު ދިނީ ކަރުނަގޭހާއި ބަޑިން އެވެ. ބޯޑަރު ސަރަހައްދުގައި ތިބޭ އިޒްރޭލުގެ ސްނައިޕަރުން ވަނީ މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. ބަޑި ޖެހުމުގެ ސަބަބުން 43 މީހަކު މަރުވި ކަމަށް ގައްޒާގެ ހެލްތް މިނިސްޓްރީ އިން ބުންޏެވެ. އަދި 2،000 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާވި ކަމަށް ވެސް ބުންޏެވެ. ފަލަސްތީނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ އިޒްރޭލުން ހިންގި ބޮޑު ގަތުލު އާންމެކެވެ. :- ފޮޓޯ| ބައިނަލްގްވާމީ މީޑިއާތަށް