ލަންކާ ކަރުނައިގައި

22 އޭޕްރީލް 2019، ކޮލަމްބޯ -- ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އާ ކައިރިވެފައިވާއިރު ޒަަހަމްވީ މީހުންގެ 500 އަށްވުރެ މައްޗެވެ. މުޅި ސްރީލަންކާ އޮތީ ކަރުނައިގެ ތެރޭގަ އެވެ. ފުލުފުލުގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި ކުށެއްނެތް އެތައް ބަޔަކު މަރައި ތިން ފައްޅިއެއް ފުނޑުފުނޑުކޮށް ލޭގެ ކޯރު ދަމާލީ އެވެ. މިއީ ޖެނުއަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2009 ވަނަ އަހަރު ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނުފަހުން އެގައުމުގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާއެވެ.
22 އޭޕްރީލް 2019، ކޮލަމްބޯ -- ސްރީލަންކާގައި އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 300 އާ ކައިރިވެފައިވާއިރު ޒަަހަމްވީ މީހުންގެ 500 އަށްވުރެ މައްޗެވެ.