އަގު ބޮޑު އިނާމުތަކާއެކު އަވަސް ރޯދަ ސުވާލު ފަށައިފި

އަގު ބޮޑު އިނާމުތަކެއް ހިމަނައި މުޅި ރޯދަ މަހަށް ބަހާލައިގެން "އަވަސް ރޯދަ ސުވާލު" މުބާރާތް މިއަދު ފަށައިފި އެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އަވަސް އޮންލައިންގެ ކިއުންތެރިންނަށް ހާއްސަ އިނާމުތަކެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ މި ސުވާލު މުބާރާތް އޮންނާނީ ރޯދަ މަހުގެ ތިން ދިހައަކަށް ބެހިގެންދާ ގޮތަށް ނޫހުގައި ޝާއިއުކުރާ އާންމު މައުލޫމާތުގެ ސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބުދޭ ގޮތަށެވެ.

އަވަސްގެ އޮންލައިން މާކެޓިންގެ އޮފިޝަލަކު ވިދާޅުވީ މުބާރާތުގެ ސުވާލުތައް ރޯދައިގެ ތިން ދިހައަށް ބަހާލާފައިވާއިރު ކޮންމެ ދިހައެއްގައި އެންމެ ގިނަ ސުވާލަށް ޖަވާބު ދޭ ފަރާތަކަށް އިނާމު ދޭނެ ކަމަށާއި އެކަކަށްވުރެ ގިނަވެއްޖެ ނަމަ އެ ދިހައެއްގެ އެއްވަނަ ފަރާތް ހޮވާނީ ފޭސްބުކު ލައިވްއެއްގައި ގުރުއަތުލައިގެން ކަމަށެވެ.

ސުވާލު މުބާރާތުގެ ފުރަތަމަ 10 އެއްގެ އިނާމަކީ އީވޯއިން ދޭ "ބޯޝް" މަރުކާގެ ދޮންނަ މެޝިނަކާއި "ލޮޓަސް" އިން ދޭ ބައިސްކަލަކާއި މާލޭގެ މުހިންމު ރެސްޓޯރެންޓަކުން ދޭ، ދެ މީހެއްގެ ރޯދަ ވިއްލުމެކެވެ.

ދެ ވަނަ 10 އިގެ އެއްވަނަ އަށް ފަރާތަށް ދޭނީ އީވޯއިން ދޭ "ބޯޝް" ބްރޭންޑްގެ އައިސް އަލަމާރިކާއި ލޮޓަސް އިން ދޭ ބައިސްކަލެވެ. ފަހު ދިހައެއްގައި ވޯޑްރޯބަކާއި ދެ ބައިސްކަލެކެވެ.

"މުބާރާތް ދެމިގެންދާނެ ރޯދައިގެ ނިޔަލަށް. އެކަމަކު ކޮންމެ 10 އެއްގެ އެއްވަނައަށް ވަކީން އިނާމު ދޭނެ. އަޅުގަނޑުމެދޭ އިނާމުތަކުގެ ތެރޭގައި ބައިސްކަލްއެއް ހިމަނާފައި އެވަނީ މިހާރު ވަރަށް ގިނަ ބަޔަކު ކަސްރަތަށް ބައިސްކަލް ދުއްވާތީ. އެފަދަ ފަރާތްތަކަށް ހާއްސަ ފުރުސަތެއް ތަނަވަސްކޮށްދޭން ވެގެން،" އޮފިޝަލް ވިދާޅުވި އެވެ.

އަވަސް ރޯދަ ސުވާލު މުބާރަތުގައި ބައިވެރިވެވޭނީ އިނގިރޭސި އަކުރުގެ އާރްއެސް ޖެހުމަށް ފަހު "އޭ" "ބީ" ނުވަތަ "ސީ" ގެ ތެރެއިން ކޮންމެވެސް އެއް ޖަވާބެއް ހިޔާރުކޮށް 367 މި ނަމްބަރަށް އެސްއެމްއެސްއެއް ފޮނުވައިގެނެވެ. ދިރާގައި އުރީދޫގެ ކަސްޓަމަރުން ވެސް އެސްއެމްއެސް ކުރާނީ މި ނަމްބަރަށެވެ. މުބާރާތުގެ ސުވާލު ފެންނާނީ އަވަސްއިން ތައްޔާރުކޮށްފައިވާ "ރޯދަމަހާ ރޯއްޖާ" އެޑިޝަންގެ ތެރެއިންނެވެ.

އަވަސްގެ ޕްރޮޑަކްޓް މެނޭޖާ، އަދި ލީޑް ޑިވެލޮޕާ، އިސްމާއީލް ޒާހީ ވިދާޅުވި ގޮތުގައި މި މުބާރާތުގައި ތިން 10 ގައި ވަކީން އިނާމް ދިން ނަމަވެސް މުޅި މުބާރާތް ނިންމާލުމުގެ ގޮތުން އެންމެ ގިނަ ސުވާލަށް ޖަވާބު ދީފައިވާ ފާރާތަކަށް ގްރޭންޑް ޕްރައިޒެއް ދޭނެ އެވެ. އެ އިނާމު ތަފްސީލް އާންމު ކުރާނީ މުބާރާތް ފެށުމަށް ފަހު ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. ގްރޭންޑް ޕްރައިޒްގައި ހޮވާނީ އީދުގެ ފަހުންނެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް އަވަސްގެ ކިއުންތެރިންނަށް ހާއްސަ މައުލޫމާތުތަކާއެކު ރޯދައަށް ހާއްސަ އެޑިޝަނެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. "ރޯދަމަހާ ރޯއްޖާ"ގެ ނަން ދީފައިވާ މި އެޑިޝަންގައި ކޮންމެ ދުވަހަކު ވެސް ޝައުގުވެރި އެއްތައް މައުލޫމާތެއް ގެނެސްދޭނެ އެވެ.