އެސްޓީއޯ

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ސޭލް ކަމަށްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި އެވެ.

އެސްޓީއޯގައި މިއަދު ފެށި ޕްރޮމޯޝަން އެޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި އަގުހުރި ގިނަ އިނާމު ތަކެއް ވެސް ދޭނެ އެވެ. އެގޮތުން ގްރޭންޑް ޕްރައިޒްގެ ގޮތުގައި މިފަހަރު ކަނޑައަޅާފައިވަނީ ތުރުކީއަށް ދެކޮޅު ޓިކެޓެވެ. ގްރޭންޑް ޕްރައިޒަސް ލިބޭ މީހަކަށް ދެ ޓިކެޓު ލިބެ އެވެ. އަދި ދަތުރު އެލަވެންސްގެ ގޮތުގައި 1،000 ޑޮލަރުވެސް ދޭނެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގައި 10 މީހަކަށް އަގުހުރި އިނާމުތަކެއް ލިބޭނެ އެެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯގެ ފިހާރަތަކުން 1،000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ފަރާތްތަކަށެވެ.

އެސްޓީއޯ އިން ބުނީ މި ފަހަރުގެ ރަމަޒާން ބާޒާރުގައި ބޭނުންކުރާނީ ޑިޖިޓަލް ކޫޕަން ކަމަށާއި އެ ކުންފުނީގެ އަމާޒަކީ އޮޕަރޭޝަންތަކުގައި ކަރުދާސް ބޭނުންކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުންފުނީގެ އޮޕަރޭޝަން ބައްޓަން ކުރުން ކަމަށެވެ.