އެސްޓީއޯ

އެސްޓީއޯއިން މިފަހަރު "އެކުލަ މިކުލަ ޕްރޮމޯޝަން"

އެސްޓީއޯއިން ނިޕޯން ޕެއިންޓްއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އެކުލަ މިކުލަ ޕްރޮމޯޝަން" މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ފިހާރައިގައި އޮތް ހަފުލާއެއްގައި މި ޕްރޮމޯޝަން އިފުތިތާހު ކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖާ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގައި މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގައި ނިޕޯންގެ އުފެއްދުންތަކުން ވިޔަފާރިކުރުމުން އަށް ޕަސެންޓާއި 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ނިޕޯންގެ އުފެއްދުންތަކުން ކުރައްވާ ކޮންމެ ވިޔަފާރިއަކާއެކު 10 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓް ކޫޕަނެއް ލިބޭނެ އެވެ. ނިޕޯންގެ އުފެއްދުންތަކުން ވިޔަފާރިކުރުމަށް މި ކޫޕަން ބޭނުން ކުރެވޭނެ އެވެ.

މިވަގުތު އެސްޓީއޯގައި "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ވޯލްޑް ކަޕަށް ހާއްސަ ޕްރޮމޯޝަނަކާއި "މަގޭ ހިޔާ"ގެ ނަމުގައި ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދެ އެވެ.