އެސްޓީއޯ

އެސްޓީއޯއިން ހިޓާޗީ ޓީވީގެ ޕްރޮމޯޝަނެއް

Sep 15, 2021

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހިޓާޗީ ޓީވީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން "ބައްތިރީސް"ގެ ނަމުގައި މިއަދު ފެށި މި ޕްރޮމޯޝަނަކީ 32 އިންޗީގެ ހިޓާޗި ޓީވީގެ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި ބައްތިރީސް އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީ ވިއްކާނީ 2،999ރ. އަށް ކަމަށެވެ.

މި ޓީވީއަކީ އަޑު ސާފު، ކުލަތައް ރީތި ޓީވީ އެކެވެ. މި ޓީވީން ނެޓްފްލިކްސްއާއި ޔޫޓިއުބް ފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް ބޭނުންކުރެވޭނެ އެވެ. މިއީ އެޗްޑީ ޓީވީ އެކެވެ.