އެސްޓީއޯ

ޑިސްކައުންޓްތަކާއެކު އެސްޓީއޯ ވެއާހައުސް ސޭލް ފަށައިފި

ބޮޑެތި ޑިސްކައުންޓް ތަކާއެކު އެސްޓީއޯ ވެއާހައުސް ސޭލް ފަށައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ، މިި އަހަރުގެ ސޭލްގައި އިލެކްޓްރޯނިކް އައިޓަމްތަކާއި އެހެނިހެން ތަކެތި ވަރަށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ފިލިޕްސް އާއި ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނުތައް ހިމެނެ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އިއްޔެ ފެށި ސޭލް ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ސޭލް އޮންނާނީ އަމީނީމަގު އެސްޓީއޯ ސުޕަމާޓް ގުދަނުގަ އެވެ.

ވެއާހައުސް ސޭލް އޮންނާނީ ރޭގަނޑު 8:00 އިން 11:00 އަށެވެ. ނަމަވެސް ފަހު ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 ކުރިއަށްދާނެ އެވެ.

ވެއާ ހައުސް ސޭލަށްދާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ދޭއިރު ކޮންމެ ރެއަކުވެސް ނަސީބުވެރި ފަރާތެއް ހޮވައި އިނާމު ދޭނެ އެވެ.