އެސްޓީއޯ

އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޕްރޮމޯޝަނެއް

Jul 17, 2021

އެސްޓީއޯއިން ޑެވޮންޑޭލް ކިރުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަނުގައި 1000ރ. ގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ހާއްސަ ގިފްޓް ހެމްޕަރެއް ދޭނެ އެެވެ.

އެސްޓީއޯ އިން ވަނީ ޑެވޮންޑޭލް ފުލްކްރީމްގެ އެއް ލީޓަރު ޕެކެޓް ވިއްކަމުން އައި އަގު ވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފަ އެވެ.
ފުލްކްރީމް އެއް ލީޓަރު ޕެކެޓެއް ވިއްކަނީ 23ރ. އަށެވެ. ދެ ޕެކެޓް ގަންނަނަމަ 40ރ. އަށް ލިބެ އެވެ.