ޕްރޮމޯޝަން

އެސްޓީއޯއިން ޕްރޮމޯޝަނެއް ފަށައިފި

Apr 3, 2021

ސަރުކާރު ފިހާރަ ކުންފުނި، އެސްޓީއޯ، އިން ސަންފޯޑް ބްރޭންޑްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ނިންމާ ވަކި މުއްދަތެއް ނެތި މިއަދު ފެށި އެ ޕްރޮމޯޝަނުގައި ބައިވެރިވެ ސަންފޯޑް ބްރޭންޑުގެ ޕްރޮޑަކްޓަކަށް ހޭދަ ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ދެއެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ވެސް މާލޭގައި ހުންނަ އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ގައި އެކަންޏެވެ.

މި ޕްރޮމޮޝަނުގައި އިނާމުގެ ގޮތުގައި ވެސް ދޭނީ ސަންފޯޑް ބްރޭންޑުގެ ބާވަތްތަކެވެ.

ގިން ޕްރޮމޯޝަން ތަކެއް މިހާރުވެސް ކުރިޔަށް ގެންދާ އެސްޓީއޯއިން މި މަހުގެ ފުރަތަމަ ދުވަހު ވެސް ވަނީ ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނާ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އޭސީއަކާއެކީ ވަގުތުން އިނާމު ލިބެ އެވެ. އިނާމުތަކުގެ ތެރޭގައި ރައިސް ކުކާ އާއި އަވަނާއި އިސްތިރީގެ އިތުރުން ގިފްޓް ވައުޗަރު ހިމެނެ އެވެ.