އެސްޓީއޯ

އެސްޓީއޯގެ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެސްޓީއޯ އިން ހޯލްސޭލްކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ބާއްވާ އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފި އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގައި ކޮންމެ 1،000 ރުފިޔާއި އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ.

މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް 1،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ނިންމާފައިވެ އެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވައި ކޮންމެ މީހަކަށް ރަށު ޕިކަޕެއް ހިލޭ ލިބެ އެވެ.

މިޕްރޮމޯޝަންގައި ގަންނަ 400 ގްރާމްގެ ކްރޫގާ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑްގެ ކޮންމެ ދެ ކާޓަން އަކަށް 400 ގްރާމް ކްރޫގާ ޕާސްތާ ނުސާ ޑާކް ލެޓް ސްޕްރެޑް ކާޓަންއެއް ލިބެ އެވެ. ކްރޫގާ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑްގެ 400 ގްރާމް ކާޓަންއެއް ގަތުމުން ކުރޫގާ ކޮކޯ ޕައުޑާ 250 ގްރާމްގެ ކާޓަން އެއް ލިބެ އެވެ. އަދި އަލްނޫރު ހިކި ކިރުގެ ކޮންމެ ދެ ކާޓަން އަކަށް ޑާކް ޗޮކްލެޓް ޕާސްތާ ނުސާ 400 ގްރާމުގެ އެއް ކާޓަން ހިލޭ ލިބެ އެވެ.

އެސްޓީއޯ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު އެސްޓީއޯގެ "ރަމަޒާން ބަޒާރު" ވެސް މިހާރު ވަނީ ފަށާފަ އެވެ. އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ އަދި އަތޮޅު ތެރޭގައި ހުންނަ އެސްޓީއޯ ފިހާރަ ތަކުގައި އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަމަޒާން ބާޒާރު ވެސް ކުރިއަށް ގެންދާނެ އެވެ.