އުރީދޫ

އުރީދޫ އާޗާ ޕޯސްޓްޕެއިޑް މަހަކު 60 ޖީބީ 600ރ. އަށް

އުރީދޫ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މަހަކު 600ރ. ދައްކާލައިގެން 60 ޖީބީ ލިބޭއިރު ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ރޯދަމަހުގެ އޮފާތަކުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ފަހަރު ތައާރަފު ކުރި އެންމެ ހާއްސަ ޕެކޭޖަކީ "އުރީދޫ އަޗާ ޕޯސްޓްޕެއިޑް" ޕެކޭޖް ކަމަށެވެ. މިއީ ބޮޑު ޑޭޓާ އެލަވަންސެއް ލިބޭ ޕެކޭޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން ތައާރަފު މިއަދު ތައާރަފު ކުރި މި ޕެކޭޖު ވެފައިވަނީ އެންމެ ހެޔޮ އަގުގައި ބޮޑު ޑޭޓާއެއް ލިބޭ ޕެކޭޖަކަށެވެ. އެ ކުންފުނިން މިހާތަނަށް ވިއްކަމުން ދިޔަ މިފަދަ އެއް ޕެކޭޖަށް މަހަކު 600ރ،. ދައްކަން ޖެހޭއިރު ލިބެނީ 13 ޖީބީ އެވެ. އެހެންވެ މިފަހަރު ތައާރަފު ކުރި ޕެކޭޖު ވެފައިވަނީ ކުރީގެ އަގުގައި ނަމަވެސް ބޭނުން ކުރަން އިތުރު ޑޭޓާ ލިބޭނެ ޕެކޭޖަކަށެވެ.

އުރީދޫގެ އަޗާ ޕޯސްޕެއިޑްގައި ތިން ޕެކޭޖެއް ހިމެނެ އެވެ. އެއީ އަޗާ ޕޯސްޓްޕެއިޑް 1000 ޕެކޭޖާއި އަޗާ ޕޯސްޓްޕެއިޑް 800ގެ އިތުރުން އަޗާ ޕޯސްޓްޕެއިޑް 600 ގެ ޕެކޭޖެވެ.

އަޗާ ޕޯސްޓްޕެއިޑް 1000 ޕެކޭޖުގައި ދުވާލަކު ހަ ޖީބީ ޑާޓާ ލިބޭނެ އެވެ. އެއީ ނޯމަލް ތިން ޖީބީ ޑޭޓާ އާއި ސޯޝަލް މީޑިޔާ އަށް ހާއްސަ ތިން ޖީބީ ޑޭޓާ އެވެ. އަދި އަޗާ ޕޯސްޓްޕެއިޑް 800 ޕެކޭޖުގައި ދުވާލަކު ހަތަރު ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ނޯމަލް ދެ ޖީބީ ޑޭޓާ އާއި ސޯޝަލް މީޑިޔާ އަށް ހާއްސަ ދެ ޖީބީ ޑޭޓާ އެވެ. މީގެ އިތުރުން އަޗާ ޕޯސްޓްޕެއިޑް 600 ޕެކޭޖުގައި ދުވާލަކު ދެ ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ނޯމަލް އެއް ޖީބީ ޑޭޓާ އާއި ސޯޝަލް މީޑިޔާ އަށް ހާއްސަ އެއް ޖީބީ ޑޭޓާ އެވެ.

އުރީދޫން މީގެ އިތުރުން ގެނައި އެންމެ މުހިންމު އެއް ބަދަލަކީ މި މަހުން ފެށިގެން 600 އިން މަތީ ޕެކޭޖްތަކުގައި ޑޭޓާ "ރޯލް އޯވާ" ވާ ގޮތް ހެދުމެވެ. މާނައަކީ މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހަށް މިހާރު އުރީދޫ ކަސްޓަމަރުންނަށް ގެންދެވޭނެ އެވެ.

ސުޕަނެޓް ފައިބާ ޕްރޮމޯޝަނެއް

އުރީދޫން ރޯދަ މަހަށް މިއަދު ފެށި ޕްރޮމޯޝަނުގައި ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް ގަތުމުން 40 ޕަސެންޓް ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމް އުރީދުގެ މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ޑެލިވާ ކޮށްދޭނެ އެވެ.

މީގެ އިތުރުން ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް ބޭނުން ކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އެވެ. ފިތުރު ޒަކާތް ދައްކަން *909# އަށް ގުޅުމުން އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެ އެވެ. އަދި ޕްރީޕެއިޑް ބެލެންސުން ކެނޑޭ ގޮތަށް ވެސް ޒަކާތް ދެއްކޭނެ އެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށް ވެސް، ފިތުރު ޒަކާތް ދެއްކޭނެ އެވެ. އަދި ވައިބާ މެދުވެރިކޮށް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް" އެއް ވަނީ އުރީދޫ އާއި ވައިބާ ގުޅިގެން ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވެސް ނަމާދު ވަގުތު ހޯއްދޭނެ އެވެ.

މީގެ އިތުރުން ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ އަޑު އަހައިލެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ. އުރީދޫ އިން ބުނީ ކޮވިޑް-19ގެ ސަބަބުން އުރީދޫގެ މަސް ރޭހާއި ކަލާ ރަން ނުބޭއްވުނު ކަމުގައި ވިޔަސް އޮކްޓޫބަރު މަހުގެ ފަހުން އެ ދެ ހަރަކާތް ވެސް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.