އުރީދޫ

އުރީދޫއާއެކު މި ރޯދަމަހު "ކަރާ ފަޅައިގެން" އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް

0%
0%
0%

ރޯދަމަހަށް ހާއްސަކޮށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން އިއުލާނުކޮށްފި އެވެ.

އެ ގޮތުން އުރީދޫ އިން ފާއިތުވި ދެ އަހަރު ގެނެސްދިން ހަދިޔާ ފޮށި ޕްރޮމޯޝަންގެ ބަދަލުގައި މި ފަހަރު ގެނެސްދެނީ "ކަރާ ފެޅުން" ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ އިން ބުނީ އެކްޓިވް ކަސްޓަމަރުންނަށް އެޕުން ފެންނަ ކަރާ ފަޅައިގެން ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެ ގޮތުން ކޮންމެ ދުވަހަކު ލިބޭ އިނާމުތަކުގެ ތެރޭގައި ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ހިމެނެ އެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ލިބޭނީ އެޕަލްގެ 10 ޕްރޮޑަކްޓް ހިމެނޭ ބަންޑަލްއެކެވެ.

މި ބަންޑަލްގައި ހިމެނެނީ އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް، 65 އިންޗީގެ ޓީވީ ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ އިން ވަނީ ރޯދަ މަހަށް ބޯނަސް ޑޭޓާ ލިބޭ އޮފާތަކެއް ތައާރަފުކޮށްފަ އެވެ.

މި ގޮތުން 20 ޖީބީ ބޯނަސް ޑޭޓާ ލިބޭ އޮފާއަކާއި "އާޗާ ދަން ދަން ޑޭޓާ" ނަމުގައި ސެލެކްޓެޑް "އާޗާ ޕެކޭޖް" ތަކުން ދަންވަރު 10 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ވަނީ ތައާރަފުކޮށްފަ އެވެ.

އުރީދޫ އިން ދެން ތައާރަފުކޮށްފައިވަނީ "ފެމިލީ ޝެއާ ޑޭޓާ" އޮފާ އެވެ.

މި އޮފާގައި އެންމެ 799 ރުފިޔާއަށް 150 ޖީބީގެ ޑޭޓާ ލިބޭއިރު މީގެ ތެރެއިން 100 ޖީބީ ކަސްޓަމަރަށް އަދި އެހެން ދެ މީހަކަށް ކޮންމެ މީހަކަށް 25 ޖީބީގެ ޑޭޓާ ދެވޭނެ އެވެ.

އުރީދޫ އިން ވަނީ ސުޕަނެޓް ޑޭޓާ އެޑްއޯންވެސް ތައާރަފުކޮށްފަ އެވެ.

މީގެ އިތުރުން ސައުދީ އައިޑީޑީ ކޯލް އެންޑް ޗެޓްގެ ނަމުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ވަނީ ތައާރަފުކޮށްފަ އެވެ. މި އޮފާގައި 150 ރުފިޔާއަށް ސައުދީ އަރަބިއްޔާއަށް އައިޑީޑީ ކޯލް އަދި ޗެޓް 30 ދުވަހަށް ކުރެވޭ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

އުރީދޫ އިން ބުނީ އެމްފައިސާ މެދުވެރިކޮށް އިފްތާރު ޕެކް ހަދިޔާކުރުމުގެ އިތުރުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އުރީދޫ ކަސްޓަމަރުން "GO" ޖެހުމަށްފަހު 4777 އަށް މެސެޖު ކުރުމުން ރޯދަ މަހު ނަމާދު ވަގުތުގެ އެލާޓް ނަމާދު ވަގުތުގެ 15 މިނެޓް ކުރިން ލިބޭނެ އެވެ. މިއީ ހިލޭ ލިބޭ ހިދުމަތެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910