ވިޔަފާރި

އުރީދޫން ރޯދަ މަހަށް އޮފާތަކެއް

Apr 25, 2020
1

އުރީދޫން ރޯދަ މަހާ ދިމާކޮށް، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދީފި އެވެ.

އުރީދޫން ބުނި ގޮތުގައި ރޯދަ މަހު ކަސްޓަމަރުންނަށް ވަނީ ގިނަ އޮފާތަކެއް ތައާރަފު ކޮށްފަ އެވެ.

ޑެއިލީ ޑޭޓާ ކޮމްބޯ

އާއިލާ އަދި އެކުވެރިންނާއި ގުޅުން ބަދަހި ކުރުމަށް ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫން ތައާރަފު ކޮށްފައިވާ ޑެއިލީ ޑޭޓާ ކޮމްބޯގައި ހިމެނެނީ މުޅި ދުވަހަށް ބޭނުން ކުރެވޭ 1 ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް އެވެ

50 ޕަސެންޓް އެކްސްޓްރާ ޑޭޓާ

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން މި ރޯދަ މަހު އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއެކު 50 ޕަސެންޓް ޑޭޓާ އިތުރަށް ލިބެ އެވެ.

5x ބޯނަސް ޑޭޓާ

އުރީދޫ އެޕް މެދުވެރިކޮށް ކުރާ 50 ރުފިޔާއަށްވުރެ މަތީގެ ކޮންމެ ރިޗާޖަކާއެކު 5x ޑެއިލީ ޑޭޓާ ބޯނަސް ލިބޭނެ އެވެ.

ނަމާދު އެލާޓް، ވައިބާ އަދި އެސްއެމްއެސް އިން

ވައިބާއާއެކު އުރީދޫ އިން ފޯރުކޮށްދޭ މި ހިދުމަތާއެކު، ނަމާދު އެލާޓް މި ރޯދަ މަހު ލިބިގަތުމަށް އިތުރު ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ރޯދަ މަސް ވެގެން ދާނީ އެންމެނަށް ވަރަށް ތަފާތު ރޯދަ މަހަކަށް ކަމަށެވެ.

"އާއިލާ އާއި އެކުވެރިން އެއްތަންވެ، ޒަމާނުއްސުރެ ފާހަގަ ކުރަމުން އައި ބައެއް ކަންކަން މި ފަހަރު ކުރެވެން ނެތް. މުޖުތަމައު އަށް ކުރިމަތިވެފައިވާ މި އުނދަގޫ ހާލަތުގައި ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އެންމެން އެކު އެކީ ގުޅުވާލަދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭ، އެންމެ މުހިއްމު ކަންތައް،" ނަޖީބު ވިދާޅުވި އެވެ.