ވިޔަފާރި

އުރީދޫ ރަމަޟާން އޮފާ: ގުޅުން ބަދަހި ކުރަން ހާއްސަ

May 5, 2019

އުރީދޫ މޯލްޑިވްސް އިން ބަރަކާތްތެރި ރަމަޟާން މަހު އެކަކު އަނެކަކާއި ގުޅުން ބަދަހި ކުރަން ހާއްސަ އޮފާތަކާއެކު، ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އުރީދޫ ރޯދަ މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަން ފަށަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ނެރޭ ހާއްސަ ވީޑިއޯ ވެސް ވަނީ ދައްކާލާފަ އެވެ. މި އަހަރުގެ ވީޑިއޯ އިން ގެނެސްދީފައިވަނީ، މި ބަރަކާތްތެރި މަހުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމަ އަށް ލިބިގެންދާ ހާއްސަ ހިދުމަތްތަކެއްވެސް އުރީދޫން ގެނެސްދޭނެ އެވެ. މިގޮތުން ގެނެސްދޭ ހާއްސަ އޮފާތަކުގެ ތެރޭގައި:

ރަމަޟާން ޑޭޓާ ކޮމްބޯ

މި ޚާއްޞަ ޕެކް މެދުވެރިކޮށް އެންމެ 25ރ. އަށް އުރީދޫގެ 4ޖީ+ ނެޓްވަރކުގައި ބޭނުންކޮށްލަން ޢޭޢޤ ޖީބީ ޑޭޓާ، އަދި ގާތްތިމާގެ ބޭފުޅުންނަށް ގުޅާލަން 100 މިނިޓް ލިބެ އެވެ. މިޕެކް ކޮންމެ ދުވަހަކު ހެނދުނު 5.00 އިން ހަވީރު 5.00 އަށް ބޭނުންކޮށްލެވޭނެ. މި ޕެކް އެކްޓިވޭޓް *929*1*1# ޖެހުމުން އެކްޓިވޭޓް ކުރެވޭނެ އެވެ.

އެމް-ފައިސާ ކޭޝްބެކް އޮފާ

ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރައްވާ ކޮންމެ ރާސްޓަސްއެއްގެ %10، އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ. އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ލާރިދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެ. އުރީދޫ އެމް-ފައިސާ އެޕް ޑައުންލޯޑުކޮށް، އޮންލައިކޮށް ރަޖިސްޓަރ ކޮށްލުމަށް، http://ore.do/mm އަށް ޒިޔާރަތްކުރައްވައިގެންނެވެ.

ސައުދީ އައިޑީޑީ އޮފާ

މި ރަމަޟާން މަހު ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ ސައުދީ ޕްލޭން 150 މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނިޓް ލިބިގެންދާނެ. ހަމައެހެންމެ، މި ޕެކް ހިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، 2ޖީބީ ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެ އެވެ. އަދި އެކްޓީވޭޓް ކުރެއްވުމަށް، *929*3*2# ޖައްސަވައިގެންނެވެ.

ސެމްސަން އޮފާ

ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގގެ އައު ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބެންހުންނާނެ އެވެ.

ސުޕަނެޓް އޮފާ

މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށް ފަހު 6 މަސް ދުވަހުގެ މުއްދަތަށް 30 ޕަސެންޓް ބޯނަސް ހޯއްދިދާނެ އެވެ. ސުޕަނެޓް ހިޔާރުކުރެއްވުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރައްވައިގެންނެވެ.

ވައިބާ ނަމާދު ވަގުތު

ވައިބަރ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް" އެއް ވަނީ އުރީދޫ އާއި ވައިބާ ގުޅިގެން ތައާރަފްކޮށްފަ އެވެ. ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ބަންގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުހިއްމު އަދި ފަސޭހަ ހިދުމަތްތަކެއް ލިބިގެންދޭނެ އެވެ. ބަންގި ޗެނަލްގެ ޚިދުމަތް ހޯއްދެވުމަށް، http://ore.do/prayer އަށް ޒިޔާރަތް ކުރައްވައިގެންނެވެ.

އޮންލައިން ސިޔަރަތު

މި ރަމަޟާން މަހު، ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް، އުރީދޫ ކަސްޓަމަރުންނަށް މޮބައިލް މެދުވެރިކޮށް ސިޔަރަތު އަޑުއެއްސެވޭނެ. ސިޔަތަރު އަޑުއެއްސެވުމަށް، http://ore.do/siyarath އަށް ޒިޔާރަތް ކޮށްގެންނެވެ.

މަސް ރޭސް މޮބައިލް

ދިވެހިންގެ ތެރޭގައި، އުރީދޫ މަސްރޭހަކީ ރޯދަމަހުގެ ވަރަށް ޚާއްޞަ ހަރަކާތެއް. މިގޮތުން މިއަހަރު، ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެ. ހަމައެހެންމެ، މުޅި ޤައުމަށް ހުޅުވާލެވިފައިވާ މި މަސްރޭސް މޮބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމުތަކެއް ލިބިގެންދާނެ.
މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެއްވުމަށް http://ore.do/Masrace އަށް ޒިޔާރަތްކުރައްވައިގެންނެވެ.

ލައިވް ތަރާވީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބައްލަވާލެއްވުމަށް،http://ore.do/app އަށް ޒިޔާރަތް ކުރައްވައިިގެންނެވެ.

ޓެކްސްޓް އޭން އިފްތާރް

މިހާރު އާއިލާ އަދި ރައްޓެހިންނަށް ރޯދަވީއްލުމެއްވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ. އުރީދޫ ބިލް އަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސް އަ ކޮފީގެ ޚިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެ. ޓެކްސްޓް އަ ކޮފީގެ، ރޯދަ އަށް ޚާއްޞަ މި ޚިދުމަތް ހޯއްދެވުމަށް،http://ore.do/txtcofy އަށް ޒިޔާރަތް ކުރަށްވައިގެންނެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:

* އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
* ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “BuyTune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
* ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.