ޓޫރިޒަމް

ފޭދޫފިނޮޅުގައި ހަދާފައިވާ ރިސޯޓް ޖުލައިގައި ހުޅުވަނީ

ކ. ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ފުލުހުން ކުރިން ބޭނުންކުރި ފޭދޫފިނޮޅު ހުޅުވުމަށް މިހާރު ތައްޔާރުވަމުން ދަނީ މިއަހަރުގެ ޖުލައި މަހު ތެރޭގައެވެ.

ތައިލެންޑުގެ ދުސިތު އިންޓަނޭޝަނަލް އިން ހިންގަން ހަމަޖެހިފައިވާ މި ރިސޯޓުގައި ޖުމްލަ 125 ކޮޓަރި ހުރެ އެވެ.

ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓް -- "ދުސިތުޑީ2 ފޭދޫ މޯލްޑިވްސް"ގެ ރޫމުތައް ހަދާފައިވަނީ އެޓޯލް ޕްރައިވެޓް ލިމިޓެޑުންނެވެ.

ފޭދޫ ފިނޮޅުގައި ރިސޯޓް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެރަށް ހަތަރު މިލިއަން ޑޮލަރަށް ދީފައި އޮތީ ޗައިނާގެ ކުންފުންޏަކަށެވެ.

ވެލާނާ އިންޓަނޭޝަނަން އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި ހައެއްކަ މިނެޓުން ދެވޭހާ ކައިރީގައި އޮތް ފޭދޫ ފިނޮޅުގައި އަމިއްލަ ޝިޕްރެކަކާއި
ފަސް ރެސްޓޯރަންޓާއި ޑައިވިން ކޭވްއަކާއި ހާއްސަ ތިން ބީޗްވެސް ހިމެނެ އެވެެ.

ދުސިތު އިންޓަނޭޝަނަލްގެ ފުރަތަމަ ރިސޯޓް ހުޅުވާފައިވަނީ ބ. އަތޮޅު ގައެވެ.