އެމެރިކާ

ގޮތް ހުސްވެގެން ޗައިނާ ކުރިމަތީގައި ޓްރަމްޕް އަމާންދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިން ޕިން\އާ ބައްދަލުކުރައްވަނީ
0%
0%
0%

ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ ސްމާޓްފޯނާއި ކޮމްޕިއުޓަރުތަކަށް ޓްރަމްޕްގެ ސަރުކާރުން ޓެރިފް މަޢާފުކޮށްފި އެވެ. މިއީ ޗައިނާގެ ކުރިމަތީގައި ގޮތް ހުސްވެގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވަން ޖެހުނު ނިންމެވުމެކެވެ.

ޓްރަމްޕް ވަނީ ޗައިނާއިން އިމްޕޯޓްކުރާ ސްމާޓްފޯނާއި ކޮމްޕިއުޓަރު އަދި ޗިޕްތަކަށް އާ ޓެރިފްތަކުން އިސްތިސްނާ ދީފަ އެވެ. މިއީ އެމެރިކާގެ އިގްތިސާދީ ސިޔާސަތުގައި ބޮޑު ބަދަލެއް ކަމަށް ވިޔަފާރީގެ ދާއިރާގެ މާހިރުން ދެކެ އެެވެ.

އެހެންނަމަވެސް ބައިނަލްއަގްވާމީ ދުނިޔެއާއި މީޑިއާގެ ކުރިމަތީ ޓްރަމްޕް ބޭޒާރުވެ އެމެރިކާގެ އަގުވެއްޓިއްޖެ އެވެ. އެމެރިކާ ފަދަ ދުނިޔޭގެ ގަދަ ބާރެއް ނުވަތަ ވެރިންކަމަށް ދައުވާކުރާ ގައުމަކުން ޗައިނާގެ ކުރިމަތީ ހަތިޔާރު ބަހައްޓައި އަމާންދޭން މަޖުބޫރުވުމުން އެމެރިކާ ލަދުގަނެއްޖެ އެވެ.

އެމެރިކާގެ ނިންމުމާ ގުޅިގެން ޗައިނާއިން އިމްޕޯޓްކުރާ ގިނަ މުދަލުގެ ޓެރިފް 145 އިންސައްތައިން 10 އިންސައްތައަށް ދަށްކޮށްފައިވެ އެވެ. މީގެ ތެރޭގައި ފޯނާއި ކޮމްޕިއުޓަރުގެ އިތުރުން ޓީވީ އަދި ސޯލާ ޕެނަލްތައްވެސް ހިމެނެ އެވެ.

އިގްތިސާދީ މާހިރުން ބުނާ ގޮތުގައި މިއީ އެމެރިކާގެ ޓެކްނޮލޮޖީ ސަޕްލައި ޗެއިންގެ 70 އިންސައްތަ ޗައިނާއަށް ބަރޯސާވެފައިވާތީ، އެކަމުގެ ނަތީޖާ ކެވެ.

އެމެރިކާގައި މި ބާވަތުގެ އުފެއްދުންތެރިކަން ނެތުމުން ޗައިނާއިން އިމްޕޯޓްކުރާ މުދާ ބަދަލުކުރެވޭނެ ގޮތެއް ނެތްކަން މި ނިންމުމުން ހާމަވެގެންދާ ކަމަށް މާހިރުން ފާހަގަކުރެ އެވެ.

ރައީސް ޓްރަމްޕްގެ ފަހުގެ މި ނިންމެވުމަކީ އަޕަލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ލިބޭ ބޮޑު ލުޔަކަށް ވާނެ އެވެ. ނަމަވެސް މިއީ އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

މި ނިންމުމަކީ އެމެރިކާ-ޗައިނާ ވިޔަފާރީގެ ގުޅުމަށް އަންނަ ބޮޑު ބަދަލެއްގެ ފެށުން ކަމަށް ލަފާކުރެވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ލުއިތައް ދޭން އެމެރިކާއަށް މަޖުބޫރުވާނެ ކަމަށްވެސް ވިޔަފާރީގެ ދާއިރާގެ މާހިރުން ލަފާކުރެ އެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ނިންމާ ނިންމުންތަކަށް ވަރުގަދައަށް ރައްދު ދޭނެ ކަމަށް ޗައިނާ ސަރުކާރުން ކުރިންވެސް ދިޔައީ ބުނަމުންނެވެ. އަދި ޗައިނާއިން އެމެރިކާގެ ކުރިމަތީ ބޯ ގުދުނުކުރާނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910