އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން 125 ޕަސެންޓްގެ ޓެކުހެއް ނަގަން ނިންމައިފި އެވެ. މިއީ މި ދެ ގައުމުގެ ދެމެދުގައި ހިންގަމުން އަންނަ އިގުތިސާދީ ހަނގުރާމާގައި، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 145 ޕަސެންޓްގެ ޓެކުހެއް ނެގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމުމާ ގުޅިގެން ބަދަލުހިފުމަށް ޗައިނާއިން އެޅި ފިޔަވަޅެކެވެ.
ޗައިނާއާ އެމެރިކާއާ ދެމެދު ކޮންމެ ދާއިރާއަކުން ގުޅުން ގޯސްވި ނަމަވެސް، އެކަމެއްގެ ނިކަމެތިކަން މުޅި ދުނިޔެއަށް ކުރާނެ އެވެ.
އެމެރިކާގެ މުދަލަށް ޓެކްސް ބޮޑުކުރުމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި އޮތް ގޮތުން، ޗައިނާއިން އެޅި ފިޔަވަޅަކީ އެމެރިކާގެ ކިބައިން ބަދަލުހިފުމަށް ކުރި ކަމެއް ނޫނެވެ.
ނަމަވެސް، އެއީ ޗައިނާގެ އިގުތިސާދު ތިލަފަތް ހަމަކޮށް ހުވުވާލެފައި އޮތް މުޖުތަމައަކަށް އެ ގައުމުގެ ސަބަބުން އުނިކަމެއް އަޔަނުދިނުމަށް އެޅި ފިޔަވަޅެކެވެ.
ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެން އުޅުއްވަނީ ގަދަ ބެއްލެވުމަގަ އެވެ. ޓްރަމްޕްގެ ސިޔާސަތަކީ އެމެރިކާއަށް ވުރެ ބާރުގަދަ ގައުމެއް -- އެއްވެސް ދާއިރާއެއްގައި ނެތުމެވެ.
އެމެރިކާއަށް މުދާ އެތެރެކުރާ ދުނިޔޭގެ ހުރިހާ ގައުމަކުން ޓެކްސް ބޮޑުކުރަން ޓްރަމްޕް ކަނޑައެޅުއްވި ސިޔާސަތު މިހާރު އޮތީ 90 ދުވަހަށް މަޑުޖައްސާލާފަ އެވެ. ނަމަވެސް، ޗައިނ ވަނީ މި އިނާޔަތުން ވެސް ބޭރުކޮށްފަ އެވެ.
އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކަކީ، ދުނިޔޭގެ އެއްވެސް އަސާސަކަށް ފެތޭ ކަމެއް ނޫނެވެ. މިއީ އެމެރިކާ ސަރުކާރުން ހިންގަން ތިބި ބައެއްގެ ވިސްނުމުގައި ޗައިނާއަށް އޮތް ހަސަދަވެރިކަމެވެ.
އިގުތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން ޗައިނާ އޮބިނޯންނަ ވަރު ވެދާނެ ކަމަށް ބަލައި، ޗައިނާއަށް ހަނގާކުރުމާއި ބިރުދެއްކުން އެމެރިކާއިން ވަނީ އިތުރުކޮށްފަ އެވެ. ނަމަވެސް، އެމެރިކާގެ މި ބިރުދެއްކުމުން ޗައިނާއިން ނަގަނީ ފައިދާ އެވެ.
ޗައިނާގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުން އޭގެ ތަކުލީފުތައް އުފުލަންޖެހޭނީ އެމެރިކާ އާއި ޗައިނާ އެކަންޏެއް ނޫނެވެ. މިކަމުގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރާނެ އެވެ.